ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު
ރަށްރަށަށް ކޯވިޑް ފެތުރުނީ ޚާއްސަ ހުއްދައިގެ ދަށުން ސަރުކާރުން ކުރި ދަތުރުތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އައްޑޫ ހިތަދޫގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ އުފެދުނު ކްލަސްޓަރ ގައި މުޅި އައްޑޫސިޓީގައި މިހާރުވަނީ ކޯވިޑް-19 ހަލުވި ދުވެލީގައި ފެތުރެން ފަށާފައެވެ. އެގޮތުން ހިތަދޫ އާއި، ފޭދޫން ޕޮޒިޓިވް ކޭސްތައް ފެނިފައިވާއިރު އެ ކްލަސްޓަރ އާއި ގުޅުން ހުރި މީހަކު ގދ. ތިނަދޫން ޕޮޒިޓިވްވެ އެ ރަށުގައިވެސް ކޯވިޑް ދަނީ ފެތުރެމުންނެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، މާލެ ސަރަޙައްދުގައި ކޯވިޑް ކޭސްތައް އޮތް މި ދަނޑިވަޅުގައި ޖެންޑަރ މިނިސްޓްރީ އާއި އޭވިއޭޝަން ކޮމާންޑުގެ މުވައްޒަފުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ދަތުރުތަކަށް ފަހު އައްޑު އާއި ފުވައްމުލަކާއި ގއ އަތޮޅުގައި ބަލި ފެތުރެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



ރަށްރަށުގައި ބަލި ފެތުރެން ފެށުމުން ރައްޔިތުން އިތުރު ތަކްލީފްތަކެއް އުފުލަން ޖެހިފައިވާ ކަމަށާއި، އެހެން ކަމުން ރާއްޖޭގެ ދެކުނުގައި ކޯވިޑް-19 ފެތުރެން ދިމާވި ސަބަބު މިހާރުން މިހާރަށް ތަހުޤީޤު ކުރުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

މިވަގުތު މޮނިޓަރިންގައި އޮތް އައްޑޫސިޓީ އަށް އޭވިއޭޝަން ސެކިއުރިޓީގެ ޓީމެއް ދަތުރުކޮށް ބޭއްވި ޓްރޭނިންއެއްގައި ބައިވެރިވި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، ގދ. ތިނަދޫ އަށް ދާދިފަހުން ވަނީ ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންތަކެއްވެސް ޚާއްސަ ހުއްދައިގެ ދަށުން ގޮސްފައެވެ. އަދި އެރަށުން އިއްޔެ ވަނީ ރެންޑަމް ސާމްޕަލްގެ ތެރެއިން މީހަކު ޕޮޒިޓިވް ވެފައެވެ. އެކަމާގުޅިގެން އައްޑޫސިޓީ އާއި ތިނަދޫ އަށް އަރައިފޭބުން މިހާރު ވަނީ މަނާކޮށްފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. އަދި ޚާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދާ ފަރާތްތަކުން 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ހުށައެޅުމަށް ވަނީ އަންގާފައެވެ.

ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޓ

11-Feb-2021

ތަޅާތަޅާ ތިރި


4

ޢަލީ ސަޢީދު

11-Feb-2021

އާދަމްޝަރީފު ބުނިޔަސްތެދެއްވާނީތެދަކައް 5ދުވަހަށޭކިޔާފަމީހުންތަންތަނައްފޮނުވާއިރު މިހެދެނީކޮންއެއްޗެއްކަންނޭގޭ މަރުކޮހުންވުޒާރާތަކުގެ ވެރިންނަށް ލީމާވާނީމިގޮއި



ޓްރެންޑިން