އައްޑޫ ސިޓީ މަރަދޫ މިސްކިތް
އައްޑޫ ސިޓީ މަރަދޫ މިސްކިތް
އައްޑޫ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި، ކޯވިޑް-19ގެ ސަބަބުން އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ވާތީއާއި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސިޓީގެ ހުރިހާ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާއަތް ނުހެދުމަށް ވަނީބއަންގާފައެވެ.



އެގޮތުން ފެބްރުއަރީ 9 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް އައްޑޫގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުގެ ޖަމާއަތް ނުހެދުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

އަދި މިސްކިތްތަކުގައި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުން "އައްޞަލާތި ފީ ބުޔޫތިކުމް" 2 ފަހަރު ގޮވުމަށް އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ. އަދި މި ދަނޑިވަޅުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

އައްޑޫ ސިޓީގައި ކޯވިޑް-19 ފެތުރެމުން އަންނަ އިރު ހުޅުމީދޫ އެމްޓީސީސީ ސައިޓް ކްލަސްޓަރ އިން 25 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ހިތަދޫ އޭވިއޭޝަން ކޮމާންޑް ކްލަސްޓަރ އިން ޕޮޒިޓިވްވީ ޢަދަދު މިހާރު ވަނީ 19 އަށް އަރާފައެވެ. އެއާއެކު މިވަގުތު މުޅި އައްޑޫ ސިޓީ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން