ފުވައްމުލަކު ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލަކު ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލައް ސިޓީގައި ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގއަށް ލައިފިއެވެ.

ފުވައްމުލަކުގައި ކޯވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް 7 ފެބްރުއަރީ 2021 ވީ އާދިއްތަ ދުވަހު އެރަށުން ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން 2 މީހަކުވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އެ ދެމީހުންގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ފުވައްމުލަކުން ރެމްޑަމް ސާމްޕަލް ނަގާފައިވަނީ އާއްމުންންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެފަރާތުން ކަމަށްވާތީ، އެސިޓީގައި "ކޮމިއުނިޓީ ސްޕްރެޑެއް" އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭތީ އެ ސިޓީ މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ބަދަލުކޮށް ރަށަށް އަރައި ފޭބުން މަނާކޮށްފައެވެ.

ފުވައްމުލަކުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު، އައްޑު އާއި، ތިނަދޫ އިންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނި މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން