އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު 49 އަށް އަރައިފިއެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ، އެ ސިޓީގައި މިވަގުތު ދެ ކްލަސްޓަރއެއް އެބައޮތް ކަމަށެވެ. އެގޮތުން އޭވިއޭޝަން ކްލަސްޓަރ އިން 22 މީހުން ޕޮޒިޓިވްވެފައިވާއިރު، ހުޅުމީދޫ ކްލަސްޓަރ އިން 26 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ހޯމް ކަރަންޓީންގައި ހުރި މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އޭވިއޭޝަން ކްލަސްޓަރ އިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 263 އަށް އަރާފައިވާ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
މި ކްލަސްޓަރއިން އައްޑޫ ފޭދޫ އިންވެސް ފަސް ދިވެހިން ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މި ކްލަސްޓަރ އާއި ގުޅުން ހުރި މީހަކު ވަނީ ގދ. ތިނަދޫން ވެސް ޕޮޒިޓިވްވެފައެވެ. އަދި އޭނާގެ ދެ ކޮންޓެކްޓެއްވެސް ވަނީ ތިނަދޫން ޕޮޒިޓިވްވެފައެވެ. އަދި ހުޅުމީދޫ ކްލަސްޓާގައި އެމްޓީސީސީ ސައިޓުން 26 ބިދޭސީއަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ސިޓީގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

COVID-19 : Case Updates (Addu City)
— Addu Emergency Operations Center (@EOCaddu) February 9, 2021
As of 09.02.2021, 05:00 PM pic.twitter.com/YNVfhNYYSw
މި ކްލަސްޓަރއިން އައްޑޫ ފޭދޫ އިންވެސް ފަސް ދިވެހިން ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މި ކްލަސްޓަރ އާއި ގުޅުން ހުރި މީހަކު ވަނީ ގދ. ތިނަދޫން ވެސް ޕޮޒިޓިވްވެފައެވެ. އަދި އޭނާގެ ދެ ކޮންޓެކްޓެއްވެސް ވަނީ ތިނަދޫން ޕޮޒިޓިވްވެފައެވެ. އަދި ހުޅުމީދޫ ކްލަސްޓާގައި އެމްޓީސީސީ ސައިޓުން 26 ބިދޭސީއަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ސިޓީގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު