ރައީސްއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސްއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އިންޓަނެޓްގެ މައްސަލަ މި ސަރުކާރުން ޙައްލު ކުރާނެކަމަށް ރައީސްއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އިންޓަނެޓްގެ މައްސަލަ ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށާއި، އެގޮތުން އިންޓަނެޓްގެ ސްޕީޑް ނުލިބޭ މައްސަލައާއި، ކަސްޓަމަރުން ނަންގަވާ ޕެކޭޖް އަވަހަށް ހުސްވާ މައްސަލައަށް މި އަހަރުގެ ތެރޭގައި ޙައްލެއް ހޯދާނެ ކަމަށެވެ. އަދި އިންޓަނެޓް އަގުހެޔޮ ކުރުމަށް ސަރުކާރުން ވީ ވަޢުދު ފުއްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، އިންޓަނެޓް އަގުހެޔޮ ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ މި ސަރުކާރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހްގެ އިތުބާރުނެތް ކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށައަޅާފައެވެ. ނަމަވެސް މަލީހް ވިދާޅުވެފައިވަނީ އޭނާގެ މިނިސްޓްރީގެ މޭންޑޭޓްގައި ހިމެނޭ މަސައްކަތްތައް ކުރަށްވަމުން ގެންދަވާ ކަަމަށާއި، އިންޓަނެޓް އަގުހެޔޮ ކުރުމަށް ތިންވަނަ ކުންފުންޏެއް ގެނެސްގެން ނަމަވެސް އެކަން ކުރަށްވާނެކަމަށެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅީ އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމް އެވެ.


ކިޔުންތެރިންގެ ހިޔާލު


14

އަބޫމުޙައްމަދު

11-Feb-2021

އީވާއަށް އިންޑިއާ ކުންފުންޏެއް ގެންނާން އީވާއާއި އަންނި ކުރާ މަސައްކަތަށް ލިބުނު އިޝަރާތެއް



ޓްރެންޑިން