ފުވައްމުލައް ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލައް ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލައް ސިޓީގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ނުވަޔަކަށް އަރައިފިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފް ވިދާޅުވީ، ފުވައްމުލަކުގައި ކޯވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް 7 ފެބްރުއަރީ 2021 ވީ އާދިއްތަ ދުވަހު އެރަށުން ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން އެކަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތުގެ ދަށުން 40 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 9 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ އެ ސިޓީގައި ވެކްސިން ޖެހުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށާއި، އެގޮތުން އެ ސިޓީއަށް ލިބިފައިވަނީ 460 ވެކްސިން ކަމަށެވެ. އަދި މިހާތަނަށް 259 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



ފުވައްމުލަކުން ރެމްޑަމް ސާމްޕަލް ނަގާފައިވަނީ އާއްމުންންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެފަރާތުން ކަމަށްވާތީ، އެސިޓީގައި "ކޮމިއުނިޓީ ސްޕްރެޑެއް" އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭތީ އެ ސިޓީ މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ބަދަލުކޮށް ރަށަށް އަރައި ފޭބުން މަނާކޮށްފައެވެ.

ފުވައްމުލަކުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު، އައްޑު އާއި، ތިނަދޫ އިންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނި މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން