ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
އަންހެނުންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކާމެދު އެންމެންވެސް ކަންބޮޑުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުމް އޭނާ ރާއްޖެ ދޫކޮށް ފުރައިގެން ދިޔަ މައްސަލާގައި ރައީސް މައުމޫން ވިދާޅުވީ، އަންހެނުންނަށް ކުރާ ޖިންސީގޯނާގެ މައްސަލައިގައި ކަންބޮޑުވާން ޖެހެނީ ހަމައެކަނި އަންހެނުން ނޫން ކަމަށެވެ.

"އެފަދަ ނުބައި ޢަމަލުތަކާމެދު އިސްލާމްދީނުގެ މާތް އުޞޫލުތަކަށާއި އިންސާނީ ޙައްޤުތަކަށާއި އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވާންޖެހޭ." ރައީސް މައުމޫން ވިދާޅުވިއެވެ.



ރައީސް މައުމޫން ވިދާޅުވީ މިފަދަ މައްސަލަތަކުގައި އެންމެންވެސް ކަންބޮޑުވާން ޖެހޭ ކަމަށެވެ.

ޢަލީ ވަހީދު މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަޙުޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށާފައިވަނީ ޖުލައި 2020 ގައެވެ. އެ ތަޙުޤީޤުގެ ބޭނުމަށް، އެމައްސަލައިގައި ތުހުމަތު ކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް، 10 ޖުލައި 2020 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުށަހެޅުމުން، އެދުވަހުން ފެށިގެން، އެކި މަރުޙަލާތަކުގައި އަލީ ވަހީދުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ނަމަވެސް އިއްޔެ ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ކުރީގެ މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން ޢަލީ ވަޙީދު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން