ޑރ. ނަޒްލާ ރަފީޤް
ޑރ. ނަޒްލާ ރަފީޤް
މިހާރު ރާއްޖެ ތަޙައްމަލު ކުރަމުން މިދަނީ ކޯވިޑް-19 ގެ އެންމެ ނުރައްކާތެރި ރާޅު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅު ކަމަށާއި، މި ރާޅުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވަދޭން ޖެހިފައިވާ މީހުންގެ އަދަދު އިންތިހާހަށް ގިނަވެފައިވާ ކަމަށެވެ. އަދި މިވަގުތު ބަލި މީހުންނަށް ފަރުވާދޭން ހުރީ މަދު ޢަދަދެއްގެ އެނދުކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވަނީ ހުރިހާ ފަރާތްތަކުންގެ އެޗްޕީއޭއިން ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑުތަކަށް ތަބާވުމަށް ގޮވާލާފައެވެ. އަދި މިހާރު ފަރުވާކުޑަކޮށްލައިފިނަމަ އަތުނުޖެހޭ ހިސާބަށް ޙާލަތު ގޮސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ އެކަނިވެސް ރާއްޖޭގައި 186 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 211 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި އެކްޓިވް ކޭސްގެ އަދަދު ވަނީ 2243 އަށް އަރާފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން