މާލޭގެ ސްކޫލެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭގެ ސްކޫލެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކުން، ހަޔެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ކޯވިޑް ކޭސްތައް އިތުރުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުގެ ދަށުން ދެ ހަފްތާއަށް ގްރޭޑް އެކަކުން ހަޔެއްގެ ކްލާސްތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށެވެ.



މާލޭ ސަރަޙައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ، މިއަދުން ފެށިގެން ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި އެއްފަހަރާ އެންމެ ގިނަ ވެގެން އެއްވެ އުޅެވޭނީ 10 މީހުންނަށް ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ކަނޑައަޅާފަ އެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން