ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
އެޗްޕީއޭގެ އެންގުންތައް ފުލުހުން ތަންފީޒު ނުކުރާ ކަމަށް ބުނެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަރަށް ބޮޑަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަށްވައިފި އެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ، މިއަދުން ފެށިގެން ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި އެއްފަހަރާ އެންމެ ގިނަ ވެގެން އެއްވެ އުޅެވޭނީ 10 މީހުންނަށް ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމުން ދަނީ މާލޭ ސަރަޙައްދުގައި މުޒާހަރާކޮށް އެޗްޕީއޭގެ ގައިޑް ލައިނާ ޚިލާފު ޢަމަލުތައް ތަކުރާރު ކުރަމުންނެވެ.

އެކަމާ ގުޅިގެން މެމްބަރު ނިހާދު ވިދާޅުވީ، އެޗްޕީއޭ އިން ހަރުކަށި އުސޫލެއް ނެރެފައި އޮތް ނަމަވެސް ތަންފީޒީ އިދާރާ ތަކުގެ ޢަމަލުތަކުން ފެންނަނީ ދޫ ދީގެން ތިބޭ މަންޒަރު ކަމަށެވެ. އަދި ޕީޕީއެމްގެ މަގުމަތީގެ ސިޔާސީ ޙަރަކާތްތައް ހުރީ އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް ކަމަށް ނިހާން ވިދާޅުވިއެވެ.

"އެޗްޕީއޭގެ އެންގުން ތަކަށް ތަބާވެ ސައިކަލް ނުދުއްވައި ތިބެންވީ ވަކި ބައެއްތަ؟ އާއްމުން ޖޫރިމަނާ ކުރަނީވެސް ޖެއްސުމަށް ރުޅިއަރުވަން ދެއްތޯ." ފުލުހުންގެ ޢަމަލުތަކާމެދު ހިތްހަމަނުޖެހުން ފާޅު ކުރަށްވައި ނިހާދު ވިދާޅުވިއެވެ.



ނިހާދު ވިދާލުވީ ކޯވިޑްގެ ބިޔަ ބޮޑު ރާޅެއް އަރަމުންދާ ކަމަށާއި އެރާޅުގެ ބާރު ގަދަވަމުންދާ ކަމަށެވެ. އެހެންކަމުން ކޯވިޑް ފެތުރުނަ ނުދިނުމަށް އެޗްޕީއޭގެ އެންގުން ތަކަށް ފުރިހަމަ އަށް ތަބާވެ ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން