ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް
ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް
އިދިކޮޅުފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަނީ ކޮވިޑް ފަތުރާން ކަމަށް ވިދާޅުވެ ސަރުކާރަށް ނިސްބަތްބާ މަޖިލިސް މެންބަރުން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެއެވެ.

މިމައްސަލައިގައި އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ވަނީ ދިވެހި ދިދަ ހިފައިގެން ނުކުމެ ދިވެހިންގެ ފުރާނަ ނުރައްކަލަށް ވައްޓާ ވައްޓާ ނުލުމަށް ގޮވާލައްވައިފައެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ، މާލޭ ސަރަޙައްދުގައި ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި އެއްފަހަރާ އެންމެ ގިނަ ވެގެން އެއްވެ އުޅެވޭނީ 10 މީހުންނަށް ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމުން ދަނީ މާލޭ ސަރަޙައްދުގައި މުޒާހަރާކޮށް އެޗްޕީއޭގެ ގައިޑް ލައިނާ ޚިލާފު ޢަމަލުތައް ތަކުރާރު ކުރަމުންނެވެ.

އެކަމާ ގުޅިގެން ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ވިދާޅުވީ، ކޮވިޑްގެ ނުރައްކާތެރި ރާޅު ކުރިމަތިވެ، ފިޔަވަޅުތައް ވަރުގަދަ ކުރަމުން ދަނިކޮށް ދިވެހި ދިދަ ހިފައިގެން ނިކުމެ ތިބެ އެތަކެއްް ދިވެހިން ތިޔަ ވައްޓާލަނީ ބަލީގެ ނުރައްކަލަށް ކަމަށެވެ.

"ކޮވިޑް ހުއްޓުވަން ކުރާ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅަންޖެހޭ." ވިސާމް ވިދާޅުވިއެވެ.



އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ، ކޯވިޑްގެ މިޙާލަތުގައިވެސް ޕީޕީއެމުން ކޮންމެ ކަމެއްގެ ޙައްލެއް ކަމަށް ދެކެނީ މުޒާހަރާ ކުރުން ކަމަށާއި، ނަމަވެސް ކޯވިޑް ފެތުރުން ހުއްޓުވަން ޖެހޭކަމަށެވެ.

"ހަމަ ބަލީގެ ހާލަތު ގޯސްވެލާއިރަށް އިދިކޮޅުން މަގުމައްޗަށް. ބަލި ފެތުރުން އިތުރުވާން ފަށާއިރަށް އިދިކޮޅުން މަގުމައްޗަށް. ވެކްސިން ގެނައިމާ ވެކްސިނާ ދެކޮޅަށްވެސް އިދިކޮޅުން މަގުމައްޗަށް. ކޮވިޑް ފެތުރުން ހުއްޓުވާ." މެމްބަރު ވައްޑޭ ވިދާޅުވިއެވެ.



މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވީ، ޕީޕީއެމް އަކީ ވެކްސިނާ ދެކޮޅަށްވެސް މުޒާހަރާކުރި ބައެއް ކަމަށެވެ. ޕީޕީއެމުން ވެކްސިނާ ދެކޮޅަށް މުޒާހަރާ ކުރި ނަމަވެސް އެޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން މިހާރު ވަނީ ވެކްސިން ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ސާފު?

18-Feb-2021

ޚާއްސަ ހުއްދައޭ ކިޔާފަ ރަށްރަށަށް ކޮވިޑް ގެންދިޔައީ އިދިކޮޅަކުން ނޫނޭ ހޭބައްޔާމެނޭ! އިނގިރޭސިވިލާތުން ރާއްޖެއަށް ކޮވިޑް އިމްޕޯޓް ކުރީކީވެސް އިދިކޮޅަކުން ނޫނޭ އިނގޭ.



ޓްރެންޑިން