ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިއަންދު
ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިއަންދު
ފުޓުބޯޅަ ހުއްޓުވާފައި އެޗްޕީއޭ އޮތީ މުޒާހަރާގެ ކުޅި ބަލަން ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިއަންދު ވިދާޅުވެއްޖެއެވެ.

ޒަރިއަންދު މިހެން ވިދާޅުވީ މާލޭ ސަރަޙައްދުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރުމާއެކު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިޔަ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ހުއްޓުވާފައިވާތީއެވެ. އަދި އިދިކޮޅު ޕީޕީއެމުން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް މާލޭގައި ކުރަމުން އަންނަ އިޙްތިޖާޖް ހުއްޓުވުމަށް ފުލުހުންނާއި އެޗްޕީއޭ އަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރ އިސްމާޢީލް ޒަރިޔަންދު ވިދާޅުވީ، އެޗްޕީއޭގެ ޢަމަލުތައް ހުރި ގޮތުން ކޯވިޑް-19ގެ ކާރވް ފްލެޓް ކުރެވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. އަދި ފުޓުބޯޅަ ހުއްޓުވާފައި އެޗްޕީއޭއިން ތިބެނީ މަގުމަތީގައި ކޯވިޑް-19 ފަތުރާ މަންޒަރު ބެލުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރޯގާފެތުރޭތީ، ފުޓްބޯޅަ މުބާރާތް ހުއްޓުވާބަހައްޓާފަ،. ބޮނޑި ބޮނޑިޔަށް ގައިގޯޅިވެ އެކެއްގެ އަނގައިން ބުރާ ކުޅު އަނެކެއްގެ އަނގަޔަށް ފޯރާ ގޮތަށް މަގުމަތީ ހަޅޭއްލަވަން ދޫކޮށްގެން ތިޔަ "އެޗް.ޕީ.އޭ" އެތިބެނީ ކުޅިބަލަން! - ސާބަސް -" ޒަރިޔަންދު ވިދާޅު ވެފައިވެއެވެ.



މީގެ އިތުރުން ޒަރިޔަންދު ވިދާޅުވީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އޮންނަނީ ފުލުހުން ހިތަށް އަރާގޮތަކަށް ތަންފީޛުކުރަން، ކަމަށެވެ. އަދި ކަންކަން ނުކުރެވޭ މީހުން ގޭގައި މަޑުކުރަން ޖެހޭ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން