ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއް ވަޅުލަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއް ވަޅުލަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް ޖެހިގެން ރާއްޖެއިން ދިވެހި އަންހެނަކު މިރޭ ނިޔާވެއްޖެއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 57 ވަނަ މީހާއެވެ. އެޗްއީއޯސީން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަދިވެހި އަންހެނެއް މިރޭ ނިޔާވެފައިވާ ކަމަށެވެ. އެޗްއީއޯސީން ވަނީ މިވަގުތު ކްރިޓިކަލް ޙާލަތުގައި ތިން މީހުން އެބަ ތިބި ކަމަށެވެ.

މިއީ މިއަހަރު ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ނިޔާވި 9 ވަނަ މީހާއެވެ. އަދި މިމަހު ވަނީ މިހާތަނަށް 5 މީހުން މި ބަލީގައި ނިޔާވެފައެވެ. ކޯވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މި ބަލީގައި މިހާތަނަށް ރާއްޖޭގައި ނިޔާވެފައި ވަނީ 50 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ އެކަނިވެސް ރާއްޖޭގައި 120 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 206 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި އެކްޓިވް ކޭސްގެ އަދަދު ވަނީ 2302 އަށް އަރާފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން