އައްޑޫ ސިޓީ މޭޔަރު ކަމަށް ވާދަ ކުރަށްވާ ޢަލީ ނިޒާރު
އައްޑޫ ސިޓީ މޭޔަރު ކަމަށް ވާދަ ކުރަށްވާ ޢަލީ ނިޒާރު
މާލޭގައި މުޒާހަރާ ކުރެވޭނަމަ އައްޑޫ ލޮކްޑައުން ކޮށްފައި ބާއްވަންޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަޙައްދުގައި އެޗްޕީއޭ އިން ހަރުކަށި ފިޔަވަޅު އަޅާފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެ މާލޭގައި މިއަދު ވަނީ މުޒާހަރާއެއް ބާއްވާފައެވެ. މި މުޒާހަރާގެ ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި ދެ ފުލުހަކަށް އަނިޔާވެގެން އެ ސަރަޙައްދުން ގެންދިޔަ މަންޒަރު ވަނީ ފެނިފައެވެ. އަދި ފުލުހުންގެ ސަފުތައް ރޫޅާލައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ ހަމަނުޖެހުން ހިންގާފައެވެ. ފުލުހުން ޕެޕަ ސްޕްރޭ ޖެހުމާއި ބާރުގެ ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިންނަށް ވެސް އަނިޔާލިބިފައިވެއެވެ. މީގެ އިތުރުން ގައިދުރުކަމެއް ނެތި އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް މުޒާހަރާގެ ބައިވެރިން ވަނީ ޢަމަލުކޮށްފައެވެ.

އެކަމާ ގުޅިގެން ޢަލީ ނިޒާރު ވިދާޅުވީ، މާލޭގައި މުޒާހަރާ ކުރުމަށް ފުރުސަތު ދޭނަމަ އައްޑޫގައި ވިޔަފާރި ބަންދުކޮށްގެން ރަށު ބަންދު ވެގެން ތިބެން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި އެޗްޕީއޭ އިން މާލެ ތެރޭގައި ދުވަން ފުރުސަތު ދީގެން ނުވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އެއްވެސް އަސާސެއް ނެތް ޝަކުވާތަކެއް ކުރަމުން މޮޔަ ގޮވަމުން މާލެ ތެރޭ ދުވަން ފުރުސަތު ދެވިގެން ނުވާނެ." ޢަލީ ނިޒާރު ވިދާޅުވިއެވެ.



ޕީޕީއެމުން މިއަދު ބޭއްވި މުޒާހަރާ އާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ސިޔާސީ ޕާޓީތަކުން އެޗްޕީއޭއިން އިއުލާނުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ މުޒާހަރާގެ ހަމަނުޖެހުންތައް ފެންނަ ވީޑިއޯއިން ފެންނަ މަންޒަރުތަކަށް މުޒާހަރާ އިންތިޒާމް ކުރި ޕާޓީއަކުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ސިޓީގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ. އެ ސިޓީން މިހާތަނަށް 53 މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ސަޢީދު

20-Feb-2021

ޕޕއެމް ގެ ވެރިކަމުގައި މުޒާހަރާއޭކިޔަންއަނގަވެސްހުޅުވާނުލެވޭ ވަގުންގެވެރިމީހާބުނީ ކީކޭ ކަން ވެސް ބަޔަކުހަނދާންނެތަސްއަހަރެމެން ހަނދާއެބަހުރި މައިވަގު ބުނީތާކައްއެއްވާނަމަހައްޖައްދާށޭ ޕޕއެމް މީހުންއެއްވާންދާންވީނުން 6ކެނަގޮވައިގެންއެއްވާންހައްޖަ


6

ހަސަނު

18-Feb-2021

ކޮވިޑް ގެ ބިރުދައްކައިގެން މަމެންގެ އަޑު ކަނޑުވައެއް ނުލެވޭނޫ. މަމެންގެ ސަޕޯރޓް ގަދަވާތީ ވަރަށް ހާސްވޭ ދޯ.


-2

އިބްރާހިމްކަލޯ

18-Feb-2021

މީކޮންކަހަލަ ވާހަކައެއް? ކުރިން މާލެ ލޮކްޑައުންކުރި. އޭރު ނިޒާރުމެން މަގުމަތީ ނާޗަރަންގީ ކުޅުނުއިރު މީހަކުއަޅައެއްވެސް ނުލާ.



ޓްރެންޑިން