އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު
އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ޖަލަށްލާން ޖެހުމަކީ ރައީސް ޔާމިން މިނިވަންކުރަންޖެހޭ ސަބަބެއްނޫން ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިގޮތަށް ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށްފަހު އަދުރޭ ޢުމުރަށް ޖަލަށް ލުމަށް އެދިވަޑައިގެންނެވުމާއި ގުޅިގެންނެވެ. އަދުރޭ މިއަދު ވިދާޅުވީ، ސަރުކާރުން ރައީސް ޔާމީނާ މެދު ބޭއިންސާފުން އަމަލު ކުރަމުންދާ ކަމަށެވެ. އަދި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ކުރީގެ މިނިސްޓަރ އަލީ ވަހީދު ފުރުވާލީ ޒިންމާވާނެ މީހަކު ބަހައްޓާފައި ކަމަށްވާ ނަމަ ރައީސް ޔާމީންގެ ބަދަލުގައި އޭނާ ޖަލުގައި ބަހައްޓައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޝިފާއު ވިދާޅުވީ، އަދުރޭ ޖަލަށްލާން ޖެހުމަކީ ރައީސް ޔާމިން މިނިވަންކުރަންޖެހޭ ސަބަބެއްނޫން ކަމަށެވެ. އަދި އަދުރޭ ކޮށްފައިވާ ވައްކަންތަކުގެ އިންސާފުވެސް އަދުރޭއާއި އަރާހަމަކުރާނެކަން މިއަދު އަދުރޭއަށް އިހުސާސް ކުރެވުނީތީ އުފާކުރަށްވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.



މީގެ އިތުރުން ޝިފާއު ވިދާޅުވީ، ކޯވިޑުގެ ހާލަތު ގޯހުންގޯހަށް ހިނގައްޖެކަމަށް ސިއްޙީ ޚިދުމަތްތެރިން ބުނެފައިވާ ކަމަށެވެ. އަދި ރައްޔިތުން ތިބީ އިންތިހާއަށް ބިރުވެރިކަމުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. ޝިފާއު އިތުރަށް ވިދާޅުވީ، ކޯވިޑް ފެތުރުމަށް މަގުފަހިވާގޮތަށް މަގުތަކަށް ނިކުމެގެން އުޅޭފަރާތްތައް ސަރުކާރަށް ނުހުއްޓުވޭ ސަބަބު ނުވިސްނޭ ކަމަށެވެ.

އަދި ހާލަތުބަދަލުވުމަށް ނަގާނީ މަދު ސިކުންތުކޮޅެއް ކަމަށާއި، އެންމެންގެ އެއްބާރުލުން ނުލިބިއްޖެނަމަ މާދަމާހިތާމަކުރަން ޖެހޭނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން