ކޯވިޑް ޖެހިގެން ރާއްޖެއިން 59 އަހަރުގެ ދިވެހި އަންހެނަކު ރޭ ނިޔާވެއްޖެއެވެ. މީ ކޯވިޑް ޖެހިގެން ރޭ ނިޔާވި ދެވަނަ މީހާއެވެ.
ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 58 ވަނަ މީހާގެ މަޢުލޫމާތު ހާމަކޮށް އެޗްއީއޯސީން ބުނީ އެމީހާ އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމަށް ގެނައިއިރު އެއްވެސް ޙަރަކާތެއް ނެތް ކަމަށާއި، އަދި އެމީހާ ނިޔާވެފައިވާ ކަމަށެވެ. އެޗްއީއޯސީން ބުނީ މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމްގައި ކްރިޓިކަލް ޙާލަތުގައި ތިން މީހުން އެބަ ތިބި ކަމަށެވެ.
މިއީ މިއަހަރު ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ނިޔާވި 10 ވަނަ މީހާއެވެ. އަދި މިމަހު ވަނީ މިހާތަނަށް 6 މީހުން މި ބަލީގައި ނިޔާވެފައެވެ. ކޯވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މި ބަލީގައި މިހާތަނަށް ރާއްޖޭގައި ނިޔާވެފައި ވަނީ 51 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ އެކަނިވެސް ރާއްޖޭގައި 120 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 206 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި އެކްޓިވް ކޭސްގެ އަދަދު ވަނީ 2302 އަށް އަރާފައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު