ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ވ). އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ކ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ވ). އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ކ)
ދިވެހިންގެ ހިތުގެ އިޙްސާސްތައް އެންމެ އިޝްޤީކޮށް ފާޅުކުރަނީ ލަވައާއި މިއުޒިކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މްމެބަރު ރޮޒޭނާ އާދަމާއި، ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒްގެ ކައިވެންޏަށް ފަންސަވީސް އަހަރު ފުރުމާ ގުޅިގެން ރޮޒޭނާ އަޑުން ވިދާޅުވެފައިވާ ލަވައެއް މީސްމީޑިއާގައި މިއަދު ވަނީ ޢާއްމު ކުރަށްވާފައެވެ. އެ ލަވައިގެ ޅެންވެސް ހައްދަވާފައިވަނީ ރޮޒޭނާ އަމިއްލަ އަށެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އެމްޑީޕީއަށް ނިސްބަތްވާ ނާޝިޒާއި ރޮޒޭނާގެ ޖޯޑަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މިއުޒިކާއި ލަވައަކީ ދިވެހިން ލޯތްބާއި ހިތުގެ އިހުސާސްތައް ހުށައަޅާ އެންމެ އިޝްޤީ އެއް ގޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކިތަންމެ ދުވަހެއް ވިޔަސް އަދި ކިތަންމެ ފަހަރަކު ވިޔަސް ދިވެހިން ލޯތްބާއި ހިތުގެ އިހުސާސްތައް ހުށައަޅާ އެންމެ އިޝްޤީ އެއް ގޮތަކީ ހަމަ މިއުޒިކާއި ލަވަ." ރައީސް ނަޝީދު ވިދާޅުވިއެވެ



ރައީީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވާފައެވެ.

އެކަމާ ގުޅިގެން މިއުޒިކާއި ލަވައަކީ ޙަރާމް އެއްޗެއްގެ ގޮތުގައި ބައެއް ޢިލްމުވެރިން ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އިސްލާމް ދީނުގެ އިލްމުވެރިންގެ ގޮތުގައި މީސްމީޑިއާގައި ހަރަކާތްތެތިވާ ބައެއް ބޭފުޅުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ ހިނގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން