މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ
މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ
މާލޭގައި ކާފިއު އިޢުލާނު ކޮށްފައިވާ ވަގުތުތަކުގައި މާލޭގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ހުއްދައެއް ދޫކުރުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިރޭ ބުނީ، މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕަރމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމު މިހާރުވާނީ ހަމަޖެހިފައި ކަމަށެވެ.



މިގޮތުން، ހުއްދަ ދެވޭނެ ކަންކަމަކީ އިމަރޖެންސީ ޙާލާތްތަކަށާއި، ޑިއުޓީ ނުވަތަ މަސައްކަތަށް ދިއުމާއި އައުމުގެ އިތުރުން އެއަރޕޯޓް ޓްރާންސްފަރ އާއި، ކެފޭ/ރެސްޓޯރެންޓުތަކަށް ކާބޯތަކެތި ޑެލިވަރކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ފުލުހުންގެ ވެބްސައިޓްގައިވާ ހުއްދަ އަށް އެދެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ ޕޮލިސް ޕަރމިޓް ސެންޓަރ އަށް ގުޅުއްވޭނެ ނަންބަރަކީ 1665 ކަމަށެވެ.

އެޗްޕީއޭ އިން ވަނީ އިއްޔެ އިން ފެށިގެން، ވަކިގޮތެއް އަންގަންދެން، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށް ޓާއި، ގުޅީފަޅާއި، ހުޅުލެ) ގައި، ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން