ޑރ އަޙްމަދު ފައިސަލް
ޑރ އަޙްމަދު ފައިސަލް
ކޯވިޑް-19ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފިނަމަ ބަލީގެ ނުރައްކާ ކުޑަވާނެ ކަމަށް ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުން ޖުމްލަ 22،456 މީހަކު ވެކްސިން ޖަހައިފައިވެއެވެ. އަދި އިއްޔެ އެކަނިވެސް 1،496 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

ކޯވިޑް ވެކްސިން ޖެހުމާގުޅޭގޮތުން ޑރ. ފައިސަލް ވިދާޅުވީ، ވެރިއެންޓުތަކުގެ ނުރައްކާ ބޮޑުވަމުންދިޔަޔަސް މިހާތަނަށް އެނގޭ އެއްޗަކީ، ވެރިއެންޓްތައް ފެންނަ ގައުމުތަކުގައިވެސް، އެއްވެސް ވައްތަރެއްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރި އެކަކަުވެސް މިހާތަނަށް ބޮޑަށްބަލިވެ، އެނދުމަތިކޮށް ނުވަތަ ނިޔާވެފައިިނެތްކަން ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ކަމަށެވެ.



ޑރ. ފައިސަލް ވަނީ އަވަހަށް ވެކްސިން ޖަހައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލާފައެވެ. އަދި ވައިރަސް ގިނަދުވަހު އުޅޭނަމަ ވައިރަސް ބަދަލުވާނެ ކަމަށާއި، އެ ފުރުސަތު ވައިރަހަށް ނުދިނުމަށް ޑރ. ފައިސަލް ވަނީ ގޮވާލައްވާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދެވެމުންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ. މި ޕްރޮގްރާމަށް ރާއްޖޭގައި ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން