ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސް އޮފީހުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓް އެންޑް ޕްރޮޓޮކޯލުގެ މަޤާމުގައި ހުންނެވި ފާޠިމަތު މުޙައްމަދު ޞާލިޙު، ފާތޭގެ މާލީ ބަޔާން އަލުން ޢާއްމުކުރީ މަޢުލޫމާތުގެ ކުށެއް އިސްލާޙު ކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވަނީ، އެ އޮފީހުގެ ސެކްރެޓަރީ ފާޠިމަތު މުޙައްމަދު ޞާލިޙުގެ މާލީ ބަޔާން 11 ފެބްރުވަރީ 2021 ގައި ބަދަލުތަކަކާއެކު އަލުން ޢާއްމުކުރީ ފޯމް އެންޓަރ ކުރުމުގައި އެރި އޮޅުމެއް އިސްލާހު ކުރުމަށްފަހު ކަމަށެވެ.

އެގޮތުން ފޯމް އެންޓަރ ކުރުމުގައި ދިމާވެފައިވާ އޮޅުމެއްގެ ސަބަބުން އެފޯމުގައި ބަޔާންކޮށްފައިވާ އާމްދަނީ އާއި، މުދަލާއި ފައިސާ އަދި ލޯނުގެ ބައިގައި އެކަމަނާގެ ފިރިކަލުން އަލްމަރްހޫމް އިސްމާއިލް ފިރާޤުގެ ބޭންކު އެކައުންޓުގައި ހުރި 7 ލައްކަ ރުފިޔާ އާއި އިމާރާތުގެ އަގުގެ ގޮތުގައި 20 މިލިއަން ރުފިޔާގެ މައުލޫމާތު އެކުލަވާލެވިފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެކަމަނާގެ މާލީ ބަޔާން އަލުން ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވަނީ އެކަންކަން އިސްލާހުކޮށްފައި ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން