އިޤްތިޞާދީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް
އިޤްތިޞާދީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް
މި ދަތިޙާލަތުގައި ވިޔަފާރިވެރިން ރައްޔިތުންނާމެދު ރަޙުމުކުރުމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ގޮވާލައްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ކުރިމަތި ވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ބޭރުފައިސާގެ އަގު އުފުލި ގިނަ ރައްޔިތުންގެ އަތްމަތި ވަނީ ދަތިވެފައެވެ. ބޭރުފައިސާގެ އަގު އުފުލުމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު ވަނީ އުފުލެން ފަށާފައެވެ. އަދި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ ރިލީފް ޕެކޭޖެއް އެކުލަވާލާ ކޮންމެހެން އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ރައްޔިތުންނާއި ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާ ގުޅިގެން ނަފާ ނަސީމް ވިދާޅުވީ، ދަބަރު ދަގަނޑު ފީކުރާ ކަމަށާއި، ބެކްޓީރިއާ ފަނި ލަކުޑި ފީކުރާ ކަމަށެވެ. ހަމައެގޮތަށް އިންފްލޭޝަނަކީ ފައިސާ ފީކުރާ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަގުތައް ދަނީ ބޮޑުވަމުންނެވެ. ވިސްނާށެވެ. މިރޯގާޔަށް ސަމާލުވެ ކޮންމެ ފަރުދަކުމެ ރައްކާތެރިވާށެވެ. ދަތިބޮޑުވެ ބަނޑަށް ޖެހި ދާނެއެވެ. ވިޔަފާރިވެރިންނޭ ރަހުމްކުރާށެވެ!" ނަސީމް ވިދާޅުވެފައިވެއެވެ.



ނަސީމް ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމަށްޓަކައި ވިޔަފާރިވެރިން ރައްޔިތުންނަށް ރަޙުމްކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންވެސް ކޯވިޑް-19 އާމެދު އިތުރަށް ރައްކާތެރިވެ، ސަމާލުވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެ ގިނަ ރައްޔިތުންގެ ވަޒީފާ ގެއްލި ރައްޔިތުންގެ އާމްދަނީ އެތައް ތަނަކުން ދަށްވެފައިވާއިރު ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ރައްޔިތުން އިތުރަށް ބިކަވެގެން ގޮސްފައިވާ ކަމެކެވެ. އެގޮތުން އާންމު ދިރިއުޅުމަށް ބޭނުންވާ މުހިން ބާވަތްތަކުގެ އަގު ވަނީ އާދައިގެ ރައްޔިތުންނަށް އަތްފޯރާ ވަރަށް ވުރެ މާމަތީގައިކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން