ކާފިއު ވަގުތު ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ
ކާފިއު ވަގުތު ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޤަވާއިދާ ޚިލާފަށް އއ. މަތިވެރިއަަށް އެރި 11 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ދަތުރުކުރުމުގެ ހުއްދަނުހޯދާ މަތިވެރިއަށް ދިޔަ ބަޔަކު ޖޫރިމަނާ ކޮށްފައިވާ ކަމަަށެވެ.



އަދި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށާއި، ގައިޑްލައިނާ ހިލާފުުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ކޮވިޑްގެ އާވެރިއަންޓާއެކު އެރި ތިންވަނަ ރާޅުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރުވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން