އިސްލާމިކް އެފެއާޒް
އިސްލާމިކް އެފެއާޒް
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ 1442 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލުމަށްޓަކައި މާލޭ ސިޓީގައި ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފެބްރުއަރީ 16 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ވެބްސައިޓުންނާއި، މިނިސްޓްރީގެ ކައުންޓަރުން ފޯމް ލިބެން ހުންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ފަގީރުންނާ މިސްކީނުން މިފޯމު ހުށަހަޅަންޖެހޭނީ އެ މިނިސްޓްރީގެ ޒަކާތު ދަފުތަރަށެވެ.

ހުސްވި އަހަރު އަލުން ރިވިއު ކުރި ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނެނީ 11،514 މީހުން ކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރު އަދަދެކެވެ. ފަގީރުންގެ އަދަދު އިތުރު ވެފައިވަނީ ކޮވިޑާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ހުއްޓިފައިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން