ވ. ފޮއްތެޔޮ ބޮޑުފުށި
ވ. ފޮއްތެޔޮ ބޮޑުފުށި
ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އެ ރަށަށް ދަނޑިކަނޑަން ގޮސް އުޅުނު ބަޔަކަށް މިއަދު ފެނިފައިވާ ކަމަށެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ރަށުތެރެއިން ކަމަށާއި އެއީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

މިކަމާބެހޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:02 އެހައިކަންހާއިރު ކަމަށާއި، އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން