އައްޑޫ ސިޓީ މަރަދޫ މިސްކިތް
އައްޑޫ ސިޓީ މަރަދޫ މިސްކިތް
އައްޑޫސިޓީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން އިތުރު 7 ދުވަހަށް މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯވިޑް-19ގެ ސަބަބުން އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ވާތީއާއި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސިޓީގެ ހުރިހާ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާއަތް ނުހެދުމަށް ފެބްރުއަރީ 9 ވަނަ ދުވަހު އެ މިނިސްޓްރީން އަންގާފައިވާ އެންގުން އިތުރު 7 ދުވަހަށް ދަންމާލާފައިވާ ކަމަށެވެ.

އެގޮތުން 17 ފެބްރުވަރީގެ ޢަސުރު ނަމާދުން ފެށިގެން 23 ފެބްރުވަރީގެ ޢިޝާ ނަމާދުގެ ނިޔަލަށް އައްޑޫ ސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާއަތް ނުހެދުމަށް އަންގާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



އަދި މިސްކިތްތަކުގައި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުން "އައްޞަލާތި ފީ ބުޔޫތިކުމް" 2 ފަހަރު ގޮވުމަށް އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ. އަދި މި ދަނޑިވަޅުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

އައްޑޫ ސިޓީގައި ކޯވިޑް-19 ފެތުރެމުން އަންނަ އިރު އެސިޓީން މިހާތަނަށް 63 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު މިވަގުތު މުޅި އައްޑޫ ސިޓީ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން