ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ހައްޔަރުކޮށް މުއްދަތުޖެހުން އެމްޑީޕީއަށް މިހާރު މޮޅުކަމަކަށް ވެއްޖެ ކަމަށް ޕީޕީއެމްގެ އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް މާލޭގައި މުޒާހަރާކޮށް ފުލުހުންނާ ކުރިމަތިލާފައިވާތީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސް އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބަހައްޓަން ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ، ހައްޔަރުކޮށް މުއްދަތުޖެހުން އެމްޑީޕީއަށް މިހާރު މޮޅުކަމަކަށް ވެފައިވާ ކަމަށާއި، ދިވެހި ރައްޔިތުންނަށް މިފެންނަނީ މުޅި އެމް.ޑީ.ޕީއަކީ ސޫރަ ބަދަލު ކޮށްގެން ދޮގާއި މަކަރުން އުޅޭ ޕާޓީއެއްކަމަށެވެ.

"ހަދާން ކޮށްލަންޖެހޭ އިޙްތިޖާޖުގެ ޙައްގޭ ކިޔައިގެން މުޅި ރައްޔިތުންނަށް ތުރާވާގޮތަށް އުޅުނުގޮތް. ހައްޔަރުކޮށް މުއްދަތުޖެހުން މިހާރު މޮޅުކަމަކަށްވީތޯ؟" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި، 2021 ފެބުރުވަރީ 13 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، މާލެ ސަރަޙައްދު ގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމުން ދަނީ މާލޭގައި ސިލްސިލާ އެއްވުންތަކެއް ބާއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން