ޝަންގްރިއްލާ ކުންފުނިން އައްޑޫގައި ހިންގާ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް މުއްދަތެއް ނެތްގޮތަށް ބަންދުކުރުމުން އައްޑޫގެ ގިނަ ޢަދަދެއްގެ ޒުވާނުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ބުނެފިއެވެ.
ސަރުކާރުގެ 30 އިންސައްތަ ހިއްސާއޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ ރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސް އަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މީގެ ކުރިން މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.
އެކަމާ ގުޅިގެން އޭޑީސީން މިއަދު ބުނީ ޝަންގްރިއްލާ ރިސޯޓްގައި ސަރުކާރުގެ 30 އިންސައްތަ ޙިއްސާ ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އޭޑީސީން ބުނީ ޝަންގްރިއްލާ ރިސޯޓާއި، ސަރުކާރާއި ދެމެދު ކުރެވޭ މުޢާމަލާތްތައް އައްޑޫ ސިޓީ ކައުންސިލަށް ނޭންގޭކަމަށެވެ. އަދި ޝަންގްރިއްލާ ރިސޯޓުގެ މައްސަލާގައި ދެފުށްފެންނަ ގޮތަށް ސަރުކާރުން އައްޑޫ ރައްޔިތުންނަށް މަޢުލޫމާތު ޙިއްސާކުރަންޖެހޭ ކަމަށް އޭޑީސީން ބުނެފައިވެއެވެ.
އައްޑު އަތޮޅުގައި ތަރައްގީ ކޮށްފައިވާ ދެ ރިސޯޓް ބަންދު ކުރުމުން އަތޮޅުގައި ފަތުރުވެރި ކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންގެ ވަޒީފާ ގެއްލި އައްޑޫ ސިޓީގެ އެތަކެއް އާއިލާތަކަށް މި ކަމުގެ ނުރަނގަޅު އަސަރު ސީދާގޮތުން ވަނީ ކޮށްފައެވެ. އަދި މިފަދަ ދަތި ދަނދިވަޅެއްގައި ވަޒީފާ ގެއްލުނު މުވައްޒަފުންނާއި އާއިލާތަކުގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އުއްމީދެވެ.
އޭޑީސީން ބުނީ، ޝަންގްރިއްލާ ރިސޯޓު މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފައި އޮތުމުގެ ސަބަބުން ޒުވާނުންގެ ވަޒީފާ ގެއްލުމުގެ އިތުރަށް އެތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވަނީ ބަންދުކުރަން ޖެހިފައި ކަމަށެވެ. އަދި އެކަމާގުޅިގެން ޒިންމާވާނެ މިނިސްޓަރެއްވެސް ނެތްކަމަށް އޭޑީސީން ވަނީ ބުނެފައެވެ.
އައްޑޫގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ އައްޑޫގައި ފަތުރުވެރިކަން ކުރިނާރަނީ އައްޑޫ ގަން އެއަޕޯޓަށް ސީދާ ފްލައިޓްތައް ނާންނާތީއެވެ. އައްޑޫ ސިޓީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އޮތް ނަމަވެސް އެއީ ހަމައެކަނި ނަމުން ބައިނަލްއަޤްވާމީ ބަނދަރެއް ކަމަށާއި އެބަނދަރަކީ ހަގީގީ ނޫނީ ކަމުންވެސް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ވެގެން ނޫނީ އައްޑޫއާއި އަދި އެސަރަހައްދުގެ ފަތުރުވެރިކަން ކުރި ނާރާނެ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު