އައްޑޫގައި ވެކްސިން ޖެހުން ކުރިއަށްދަނީ
އައްޑޫގައި ވެކްސިން ޖެހުން ކުރިއަށްދަނީ
މާލޭ ސަރަހައްދުގައި ދިރިއުޅޭ 65 އަހަރުންމަތީ ހުރިހާ އެންމެން ވީހާވެސް އަވަހަކަށް ކޮވިޑް ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ އެންމެން ވެސް ވެކްސިން ޖެހުމަށް އިލްތިމާސްކުރާ ކަމަށާއި، ވެކްސިން ޖެހުމަށް މިހާރު ހުޅުވާލާފައިވާ ސެންޓަރުތަކަށް ދިއުމަށް ދަތިވާނަމަ ސެނެހިޔާ ހޮސްޕިޓަލުގައި ވެކްސިން ދެވޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ.

އަދި މިގޮތަށް ކަން ކުރަން ބޭނުންވާ ފަރާތްތަކުން 1676 އަށް ގުޅައި މައުލޫމާތު ދިނުމުން ސެނެހިޔާއިން ވެކްސިން ޖެހުމަށް ގަޑި ހަމަޖައްސާދޭނެ ކަމަށް ވެސް އެޗްޕީއޭއިން ހާމަކުރެއެވެ.

އެޗްޕީއޭއިން ބުނީ، ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމާއި، ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން