ޑރ. ނަޒްލާ ރަފީޤް
ޑރ. ނަޒްލާ ރަފީޤް
ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުން ކަމަށް ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ ވިދާލުވީ، ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖަހަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ނިންމާފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކާއި، އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ވެކްސިނަކީ ކޯވިޑް-19 އަށް ޝިފާއެއް ނޫން ކަމަށާއި، ނަމަވެސް އެއީ ބަލީގެ ނުރައްކާ ކުޑަކުރުމަށް ބޭނުންކުރެވޭ ވަސީލަތެއް ކަމަށެވެ.



އަދި ވެކްސިން ޖެހި ނަމަވެސް ގައިދުރުކަމަށް ސަމާލުކަންދީ، ގިންގިނައިން އަތްދޮވެ، މާސްކު އެޅުމަށް ޑރ. ނަޒްލާ ވަނީ ގޮވާލައްވާފައެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ވެކްސިންގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭ ޖުމުލަ 6171 މީހަކަށް ވަނީ ކޮވިޑްގެ ފުރަތަމަ ޑޯޒް ދީފައެވެ. އެއީ މާލޭ ސަރަހައްދުން 4310 މީހަކަށާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން 1861 މީހަކަށެވެ.

އެއާއިއެކު މިހާތަނަށް ރާއްޖޭގައި ޖުމުލަ 56218 މީހަކަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ވަނީ ދީފައެވެ. އޭގެ ތެރެއިން 43838 ވެކްސިން ޑޯޒު މާލެ ސަރަހައްދުން ދީފައިވާއިރު އަތޮޅުތެރެއިން ވަނީ 12380 ވެކްސިން ޑޯޒު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން