އިސްމާޢީލް ޒަރިޔަންދު
އިސްމާޢީލް ޒަރިޔަންދު
މި ސަރުކާރުގެ ވަޒީރަކު ދަޢުލަތުގެ ލިޔުންތަކެއް ގެއަށް ގެންދިޔަކަމުގެ ތުހުމަތު ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ކުރަށްވައިފިއެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގަމުންދާކަމުގެ ތުހުމަތު ކުރެވެމުންދާ މި ދަނޑިވަޅުގައި ޒަރިޔަންދު ވިދާޅުވެފައިވަނީ، ދަޢުލަތުގެ ވަޒީރަކު އެވަޒީރު ޙަވާލުވެ ހުންނެވި ވުޒާރާގެ ހުރިހާ ލިޔުމެއްގެ ކޮޕީ ގެޔަށް ގެންދެވި ބޭނުން ބަލަންޖެހޭ ކަމަށެވެ. ވަކިވުޒާރާއެއްގެ ނަން ވިދާޅުނުވެ ޒަރިޔަންދު ވިދާޅުވަމުން ގެންދަވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ވާހަކަ ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ޒަރިޔަންދު ވިދާޅުވީ، އާއްމު ފަރާތްތަކުގެ ޒާތީ މަޢުލޫމާތާއި، ދައުލަތުގެ ސިއްރާއި އަދި އެކިފަރާތްތަކުން ހިންގާފައިވާ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކުގެ ހެކި ދައުލަތުގެ ލިޔުންތަކުގައި ހުންނާނެ ކަމަށެވެ. އަދި 29 އޯގަސްޓް 2020ގައި "ވަޒީރަކު" އެ ވުޒާރާގެ ހުރިހާ ލިޔުމެއްގެ ކޮޕީ ގެޔަށް ގެންދިޔަ ބޭނުން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.



ޒަރިޔަންދު މިފަދަ ޓްވީޓެއް ކުރަށްވާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އޭސީސީގެ އެ ތުހުމަތުތައް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން