މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ “ލައްކަ މަސައްކަތަށްފަހު” މަރަދޫއަށް ޓަރފް ދަނޑެއް ލިބިއްޖެއެވެ.

މީގެ ކުރިން މަރަދޫ ފުޓްބޯޅަ ދަނޑުގެ ހާލަތާއި މެދު އެ ރަށުގެ ޒުވާނެއްގެ ޝުޢޫރުތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މެމްބަރު ޝަރީފް ވިދާޅުވެފައިވަނީ އެ "ދަނޑުގެ ކަންތަކުގައި ލައްކަ އުޅެވިއްޖެ" ކަމަށާއި، ދެ އަހަރުގެ ބަޖެޓުގައި އެ މަސައްކަތް ކުރުމަށްވެސް ހިމެނިއްޖެ ކަމަށެވެ.

ނަމަވެސް މިރޭ، ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިޢުލާނެއް ޙިއްސާ ކުރަށްވަމުން މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މަރަދޫ ދަނޑުގެ ޓަރފް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. ޝަރީފް ޙިއްސާކުރެއްވި އިޢުލާނުގައި ވަނީ މަރަދޫ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.



މީގެ ކުރިން އައްޑޫސިޓީ މަރަދޫ ދަނޑުގެ މައްސަލާގައި މެންބަރު ޝަރީފް ވިދާޅުވީ "މަޙްލޫފް ވިދާޅުވަނީ 2021 ގައޭ ޓާރފް އަޅުއްވާ ދެއްވޭނީ. ތިޔަކަމުގައި ލައްކަ އުޅެވިއްޖެ. އެހެނަސް އަދި ކުރިޔަށް ދާގޮތެއް ނުވާ" ކަމަށެވެ. އަދި އެ މަސައްކަތް 2019 އާއި 2020 ގެ ބަޖެޓުގައިވެސް ހިމެނުނު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުގައި 100 ފުޓުބޯޅަ ދަނޑު އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. އެގޮތުން މިއަދާ ހަމައަށް ގާތްގަނޑަކަށް 40 ރަށެއްގެ ދަނޑުގެ މަސައްކަތް އެކި ފަރާތްތަކާ ވަނީ ޙަވާލުކޮށްފައެވެ. އަދި ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން