ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޢިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ހަބަރަކީ ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ފަތުރާ ޚަބަރެއްކަމުގައި އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނިން ޢިމާރާތް ކުރަމުންދާ ފުލެޓް ތަކަކީ އެމްޕީއެލްގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ޢިމާރާތް ކުރަމުންދާ ފުލެޓްތަކެއް ކަމަށެވެ. އަދި މި ފުލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެމްޕީއެލްގެ ބަޔާނުގައިވަނީ، މީޑިއާ އަށް މައުލޫމާތު ދިނުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އޮފިޝަލެއް، ކަން ހިނގާފައިވާގޮތާ ޚިލާފު މިފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ކަމުގެ ހަގީގަތް ނުހޯދާ މިފަދަ ޚަބަރު ނޫހެއްގައި ލިޔެފައިވާތީ އެކަން ކުށްވެރި ކުރާކަމަށް އެމްޕީއެލްގެ ބަޔާނުގައި ވެއެވެ. އަދި މިފަދަ ޚަބަރުތައް ޒިންމާދާރުކަމާއެކު އާއްމުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
އެފަދަ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ތަކެއް އެކުންފުންޏާ ގުޅުވައިގެން ފެތުރި މައްސަލައިގައި އެ މަޢުލޫމާތު ފެތުރި ނޫހުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ކުންފުނީގެ ފަރާތުން މީޑިއާ ކައުންސިލަށް މައްސަލަ ހުށައަޅާނެ ކަމަށް ބުނެ އެވާހަކަ ލިޔުނު ނޫހަށް ވަރުގަދަ އިންޒާރެއްވެސް ކުންފުނިން ވަނީ ދީފައެވެ.
ހައުސިންގ މިނިސްޓްރީން އިއްޔެ އާންމު ކުރި އިޢުލާނެއްގައި ބުނީ ހިޔާ މަޝްރޫޢުގެ އެއްކޮޓަރީގެ ގެޓަގަރީ ތަކުގެ ފޯމް ތައް ބާތިލު ކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ކުރަން ޖެހުނީ އެ ކެޓަގަރީ ތަކަށް ކަނޑައަޅާފައިވާ ވަރަށް ހިޔާ މަޝްރޫޢުން ފްލެޓް ލިބެން ނެތުމުން ކަމަށެވެ. އެގޮތުން އެއް ކޮޓަރީގެ ފްލެޓްތަކަކީ ސަރުކާރު ކުންފުނި ތަކުން އިމާރާތް ކުރާ ފްލެޓް ތަކުގައި ހިމެނޭ ބައެއް ކަމަށާއި އެއްކޮޓަރީގެ ފްލެޓް ލިބެން ހުރީ އެންމެ ކުންފުންޏަކުން އިމާރާތްކުރާ ފްލެޓް އިމާރާތުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު