ރައީސް މުޙައްމަދު ނަޝީދު (ކ) ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު (ވ)
ރައީސް މުޙައްމަދު ނަޝީދު (ކ) ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު (ވ)
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި ބައްދަލު ކުރަށްވައިފިއެވެ.

މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޑރ ޖަޔަޝަންކަރު ރައީސް ނަޝީދު އާއި ބައްދަލު ކުރެއްވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ތަފާތުގިނަ މައްސަލަތަކާ ގުޅޭގަޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރަށްވައި ޚިޔާލު ބަދަލު ކުރަށްވާފައެވެ.

މި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، މި ބައްދަލު ކުރެއްވުމުގައި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިކަން ކުރިއެރުވުމާއި، އިންޑިއާ ކަނޑުގެ ހަމަޖެހުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާ އާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



މި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ޑރ ޖަޔަޝަންކަރު ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ޚިޔާލު ތަނަވަސް ހަކަތަހުރި ބޭފުޅެއްކަމަށެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ފައްކާކުރުމަކީ އެންމެ މުހިއްމު މަސައްކަތްކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް ޑރ ޖަޔަޝަންކަރު ވިދާޅުވިއެވެ. ޑރ ޖަޔަޝަންކަރު ވިދާޅުވީ އިންޑިޔާ އަކީ ރާއްޖޭގެ ތަރައްޤީގައި އަގުނުކުރެވޭނެ އެހީތެރިއެއްކަމަށް ރައީސް ނަޝީދު އެމަނިކުފާނުގެ އަރިހުގައި ވިދާޅުވިކަމަށެވެ.



އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާނީ މިއަދުގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން