ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ސުބްރަމާނިއަމް ޖަޔާޝަންކަރްގެ އަރިހަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން މިއަދު ޒިޔާރަތްކޮށް ސަރުކާރުން ކަންތައް ކުރާ ގޮތުގެ ޝަކުވާ ކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ޤާއިމުކުރެވުނު ޑެމޮކްރެޓިކް ނިޒާމު، މި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން އަންނަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުން ކަމަށާއި، ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިންމުވާނެކަމެއްކަން ޔަޤީންވާކަމަށް ޑރ. އެސް ސުބްރަމާނިއަމް ޖަޔާޝަންކަރަށް ދަންނަވާފައިވާނެ ކަމަށެވެ. އެގޮތުން، ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި، ޑެމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިޔާއިން ބާރުއެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް އިދިކޮޅުން ވަނީ އަލިއަޅުވާލާފައެވެ.
މި ބައްދަލުވުމުގައި، ވާދަވެރި ކޯލިޝަންގެ ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަސާސީ އެތަކެއް ޙައްޤެއް ނިގުޅައިގަނެވި، އެމަނިކުފާނު ނުޙައްޤުން ޖަލަށް ލައިގެން މި ސަރުކާރުން ކަންކުރަމުންދާ ގޮތުގެ މަޢުލޫމާތު އިންޑިޔާގެ ޚާރިޖީ ވަޒީރަށް އެރުވުނު ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އޭގެ އިތުރުން، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަވެރި ސިޔާސީ ޕާޓީއަށް ހަމަހަމަ ފުރުޞަތު ތަނަވަސްކޮށްދީފައި ނުވާކަމާއި، ޕީ.ޕީ.އެމުން ކެމްޕޭން ކުރުމަށް ސަރުކާރުން އެކިގޮތްގޮތުން އަޅަމުންދާ ހުރަސްތަކަށްވެސް ވަފުދުގެ ބޭފުޅުން އަލިއަޅުވާލި ކަމުގައި ބުނެފައި ވެއެވެ.
މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުގައި މިއަދު މެންދުރު އޮތް މި ބައްދަލުވުމުގައި ޕީޕީއެމް/ ޕީއެންސީގެ ވަފުދުގައި އިސްކޮށް ހުންނެވީ ކޯލިޝަން ހިންގަން ވަގުތީގޮތުން ޙަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އޭނާއާއެކު އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު