އޭޝިއަން އެކެޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ)އިން އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި، މާލީގޮތުން ދަރިވަރުންނަށް ދީފައިވާ ގެއްލުންތަކުގެ ބަދަލު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރިކައިގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި މި މައްސަލާގައި، މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށެވެ. އަދި އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި، އެ ފަރާތްތަކާމެދު ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުމަށާއި، ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގައި މިފަދަ އިންސްޓިޓިއުޓްތައް ހިންގުމުގެ ހުއްދަ ދޭންޖެހޭނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިން ކަމަށް މަޖިލީހުން ފާސްކޮށްފައިވެ އެވެ.
ހަމައެއާއެކު ދިވެހި ދަރިވަރުންނާއި ބިދޭސީ ދަރިވަރުންނަށް ވެސް ހުޅުވާލެވިގެން ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފްލައިން ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް އެތައް ފައިދާއެއް ކުރާނެ މުހިންމު ކަމެއް ކަމަށާއި، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ދިވެހިރާއްޖޭގައި އެފަދަ ފްލައިން ސްކޫލެއް ހިންގޭނެ މަގު ވީއެންމެ އަވަހަކަށް ފަހިކޮށްދިނުމަށް ވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ސަރުކާރަށް ގޮވާލާފައިވެ އެވެ. މަޖިލީހުން މިއަދު މިފަދަ ރިޕޯޓެއް ފާސްކޮށްފައިވާއިރު، އިތުރު ދެ ފްލައިން ސްކޫލް ގާއިމުކުރުމުގެ މަސައްކަތް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ޙަރަކާތްތެރިވާ ދެކުންފުންޏަކުން މިހާރު ވަނީ ފަށާފަ އެވެ. އެއީ ވިލާ އެއާ އާއި މަންޓާ އެއާއިން އެވެ.
އައްޑޫގައި ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ލިބިފައިވާ ގެއްލުމަށް ބަދަލު ނަގައިދިނުމުގެ މި މައްސަލަ ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.
އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ނުވަތަ އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދަން ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދާދިފަހުން ގޮވާލައްވައިފައެވެ. އަދި އައްޑޫ ފްލައިން ސްކޫލްގައި ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭ އާއި ފުލުހުންނަށް ޑިސެމްބަރު މަހުގެ ކުރީކޮޅު ވަނީ ހުށަހަޅާފައެެވެ. އައްޑޫ ފްލައިންގ ސްކޫލް ކުދިން އަތުން ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭ އާއި ފުލުހުންނަށް ހުށަހަޅާފައި ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ޝަކުވާތަކުގެ ތެރޭގައި ދަރިވަރުންތަކެއް ކަނޑާލުމާއި، ދަރިވަރުން ފްލައިން އަވާސް ހަމަކުރަން އެކަށީގެންވާ ފުރުސަތު ނުލިބޭ މައްސަލަތައް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އައްޑޫ ފްލައިން ސްކޫލްގެ ގިނަ މައްސަލަތަކެއް ދަރިވަރުން ފެންމަތިކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެފައި ވީ ނަމަވެސް އެކަމަށް ހައްލެއް ލިބޭގޮތްވަނީ ނުވެފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުނުކޮށް އިތުރު ދަރިވަރުން ނެގުން މަޑުޖައްސާލަން ފްލައިން ސްކޫލަށް އަންގާފައެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބެލެނިވެރި ވުޒާރާ ކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ މައްސަލަތައް ހައްލުނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ. އައްޑޫ ފްލައިންގް ސްކޫލްގައި މިވަގުތުވެސް 170 އަށްވުރެ ގިނަ ކުދިން ކިޔަވަމުންދެއެވެ. ނަމަވެސް އެކުދިން ތަމްރީންކުރުމުގައި މި ވަގުތު ހަރަކާތްތެރިވަނީ އެންމެ 12 އިންސްޓްރަކްޓަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު