އަހުމަދު ޝާހް   24 ފެބްރުއަރީ 2021 - 1:56
ހުޅުމާލެ
ހުޅުމާލެ
ހުޅުމާލޭގައި މެދު އަދި މަތީފަންތީގެ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ގެތަކެއް އެޅުމުގެ މަސައްކަތް 3 ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން ބުނީ މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި، މާލޭ ސަރަޙައްދުގައި ގެދޮރުވެރިކަމަށް އޮންނަ ތަރުހީބަށް ބަލައި، 355 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓެއް ހިންގަން ނިންމާފައިވާކަމަށެވެ. އެގޮތުން މި މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށް، މި ޕްރޮޖެކްޓުގެ 300 ޔުނިޓު އެޅުމުގެ މަސައްކަތަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 3 ކުންފުންޏަކަށް، ކޮންޑިޝަނަލް ސިޓީގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ދީފައިވާނެކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މި ތިން ކުންފުންޏަކީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން، ސާސްއީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އަދި އެސްޖޭ ކޮންސްޓްރަކްޝަން ކަމަށާއި، މި ޕްރޮޖެކްޓުގެ ބާކީ 55 ޔުނިޓް ތަރައްޤީކުރާނެ ފަރާތެއް ހޮވުމުގެ އިވެލުއޭޝަން މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިހާރު ކުރިއަށްދަނީ ކޮންޑިޝަނަލް އެވޯޑް ކުރުމުގެ މަސައްކަތްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މިމަޝްރޫއުގެ ދަށުން އިމާރަތްކުރާ ގެތައް ވެގެންދާނީ މިގޮތަށް އިމާރާތް ކުރި ގެތަކުގެ ތެރެއިން، އާއްމުނަށް އެއްމެ ކުޑަ އަގުގައި ހުޅުވާލާނެ ގެތަކަށް ކަމުގައެވެ. މިގޮތުން ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންގެ ފަރާތުން ޔުނިޓްތައް ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 1،800 ރުފިޔާއެވެ. އަދި އެސްއޭއެސްއީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އިން ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 2،185 ރުފިޔާއެވެ. މީގެއިތުރުން އެސްޖޭ ކޮންސްޓްރަކްޝަނުން ހުށައަޅާފައިވަނީ އަކަފޫޓަކަށް 1،987 ރުފިޔާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު


15

އޭނާ

26-Feb-2021

ތިޔަ އަގުގައި ގަނެވޭނީ މުއްސަދިން ނަށް ،އަނެއްކާ ބޮޑު އަގުގައި ނިކަމެތިމީހާ އަށް ކުޢޔަށްދޭނީ މުއްސަދިން ގެޖީބު ބޮޑުވާނީ



ޓްރެންޑިން