މާލެ ސިޓީގެ ކުނިގޮނޑު ހުސްކޮށްނުލެވުނު ބަޔަކު މާލޭ ސިޓީ ކައުންސިލަށް ވާދަކުރަން ލަދުގަންނަން ޖެހޭ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބުރައީސް އިބްރާހިމް ޝުޖާއު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝުޖާއު ވަނީ އެމްޑީޕީ އަކީ ކުނި ގޮނޑެއް ހުސްކޮށް ނުލެވުނު ބައެއް ކަމަށާއި ޕީޕީއެމްގެ ސަރުކާރުގައި ވާނީ މާލޭގެ ކުނި ގޮނޑު ހުސްކޮށް ކުނި މެނޭޖްކުރުމަށް ވެމްކޯގެ ނަމުގައި ޚާއްޞަ ކުންފުންޏެއް އުފައްދާފައި ކަމަށް ވިދާޅުވެ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީ ވާދަކުރަންވެސް ލަދުގަންނަން ޖެހޭ. ތިޔައީ ކުނި ގޮނޑެއް ހުސްކޮށް ނުލެވުނު ބައެއް. އަޅުގަނޑުމެން އޮންނާނީ މާލޭގެ ބޮޑު ކުނިގޮނޑު ހުސްކޮށް ވެމްކޯ އުފައްދާ 10 ބުރީގެ އިމާރާތުގެ ދޮރުކުރިމަތީގައި އިން ކުނި ކޮތަޅު ދިވެހިން ލައްވާ އުކޭނެ އިންތިޒާމް ހަމަޖައްސާފަ." ސުޖާއު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމް/ ޕީއެންސީން ވާދަކުރަށްވަނީ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒެވެ. ޑރ. މުޢިއްޒަށް ފާޑުކިޔާ އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ މުޢިއްޒަކީ ހަތް އަހަރު ހައުސިންގ މިނިސްޓަރުކަން ކުރަށްވައި ފެއިލްވެފައިވާ ބޭފުޅެއް ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިމަތިލި 38 މީހަކު ނަން އަނބުރާ ގެންގޮސްފައިވަނީ ވެރިކަމުގައި އޮތް އެމްޑީޕީން ނުފޫޒު ފޯރުވައިގެން ކަމަށް ވެސް ދެޕާޓީން ވަނީ މީގެ ކުރިން ތުހުމަތުކޮށްފައެވެ. އަދި ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށްވެސް އެޕާޓީން ދަނީ ބުނަމުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލި މީހުންގެ ތެރެއިން 308 މީހުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެއާ އެކު 120 ކެންޑިޑޭޓަކު އިންތިހާބަކާ ނުލައި ވަނީ ހޮވިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ލިބުނު ގޮނޑިތައް ގިނަ އެވެ. އެމްޑީޕީން ބުނަނީ މިއިންތިޚާބުވެސް ބޮޑުތަނުން ކާމިޔާބުކޮށް އިދިކޮޅު ތިންބަލި ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު