ހިޔާ ފްލެޓްތަކުގެ ފުރަތަމަ ތިންމަހު ކުލި ދައްކަން ނުޖެހޭނެ ކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޢިމާރާތްކުރި ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ، ފްލެޓް ލިބޭ މީހުން ފްލެޓްތަކަށް ފުރަތަމަ ތިންމަހު ކުލި ދައްކަން ނުޖެހޭނެކަމަށެވެ.
އަދި ތިން މަސްދުވަހުގެ މި ފުރުސަތަކީ ފްލެޓް ތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ލިބޭ ތިން މަސް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އަންނަ މާރޗް މަހުގެ ފަހު ކޮޅު ފްލެޓްތައް ޙަވާލުކުރާނެކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އަމާޒުކޮށް ޢިމާރާތްކުރި 7000 ފްލެޓްގެ ތެރެއިން ފްލެޓް ކޮމިޓީން ނިންމާފައިވަނީ 6720 މީހުންނަށް ފްލެޓް ދިނުމަށެވެ. އެ ފްލެޓްތަކަށް 25000 އަށްވުރެގިނަ މީހުން ކުރިމަތިލިއެވެ. ނަމަވެސް ފަހުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ފްލެޓް ކޮމިޓީން އިޢުލާނުކުރި ލިސްޓަށްވެސް ބަދަލު އަތުވެދާނެ ކަމަށާއި، ފްލެޓްދޭނީ އެންމެ ބޮޑަށް ފްލެޓް ޙައްޤުވާ މީހުންނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު