މައްސަލަ ބޮޑުވެފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތައް
މައްސަލަ ބޮޑުވެފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތައް
ހިޔާ މަޝްރޫޢުގެ ދަށުން މާލޭ ރައްޔިތުންނަށް 3710 ފްލެޓް ދީފައިވާ ކަމަށް ހައުުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން ކޮންމެހެން ފްލެޓް ބޭނުންވާ ހާލަތުގައި 17،073 އާއިލާ އެބަތިބިކަމަށް އެ މިނިސްޓްރީގެ ދިރާސާތަކުން ދައްކާކަމަށެވެ.

އަސްލަމް ވިދާޅުވީ، މާލޭގައި 600 އަކަފޫޓަށްވުރެ ކުދި ތަންތަންކޮޅުގައި އުޅޭ 17،073 އާއިލާއެއް އެބަތިބިކަމަށެވެ. އަދި އޭގެ ތެރެއިން 11،951 އާއިލާއަކީ އެހެން އަތޮޅުތަކުން މާލެ އައިސް ދިރިއުޅޭ ރައްޔިތުންކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް މާލޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލީ 62 އިންސައްތަ މީހުންނަށް ފްލެޓް ދީފައިވާ ކަމަށެވެ. ސަރުކާރުން މިހާރު ގެންދަނީ މި ފެށޭ މާރޗް މަހުގެ ތެރޭގައި ހިޔާ ފްލެޓްތަކަށް މީހުން ވެއްދުމަށް މަސައްކަތް ކުރަމުން ކަމަށް އަސްލަމް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ވަރަބިންދާލި ކޮތަރު

26-Feb-2021

ރައިސް ވިދާޅުވެފަވޭ މުސްކުލި މައިންބަފައިން އެކަނިވާދުވަހު އާއިލާވަކިން އުޅުން އެއީރަގަޅުކަމެއް ނޫނޭ ޢާއިލާތަކުގަ ތިބޭ އެންމެ ދުވަސް ވީމީހުންނަށް ފިރިމަރުވެފަވާއިރު ، ދިރިއުޅޭން އެކަށީގެންވެސް ނުވާކޮތަރުކޮއްޓަކަށް ދަރިންގެ 3 ގެހުއްޓަސް މައިމީހާއަށް މާލޭރައްވެއްސަކަށް ވުމުން ކޮތަރު ކޮއްޓެއް ދޭން ޖެހޭތަ ؟ މުސްކުޅި ވާދުވަހު އެކަނި ވެރިހާލަށް ކޮތަރު ކޮއްޓެއްގަ އުޅުން އެއީ ރަގަޅަށް ކުރެވޭނެ ކަމެއްތަ . ؟ ހިޔާވަހި ކަމެއް ނެތް އެކަނި މުސްުލި ހާލަށް ދިރިއުޅޭ ފަރާތަކަށް ދޭން މުއްސަދި ފައިސާ ހުރެ ލިބޭއާއްމުދަނީއިން އޮބި ނޯވެ 3 ބަގްލަދޭސް މީހުން ގެންގުޅޭ ޕްރައިވެޓް ކާރެއް 12 ފުލޯ މީހަމަ އެފަދަ ފަތާތްތަކަށް ވެސް ހައްޤުވާނެ މިންވަރުވެގެން ކަށަވަރުވީ ކޮތަރު ކޮށި ދުތަ؟ ދިރިއުޅޭއެއް އިމާރަތަކަށް ވަދެ އެފަދަ ފަރާތްތަކުގެ ދިރިއުޅޭ ހާލަތުން ކޮންކަމެއް ގެ ހާލަތް ގޯސްވެގެން ތޯ ކޮތަރު ކޮށި ކަށަވަރުވީ . ހައްޤު ވެރިން ހޯދަން 3 އަހަރު ވާން ކައިރި ވީ ފަހުން އަތް ފުނާއަޅާގެންތިހޯއްދެވީ ބައެއްގެ އެކައުންޓަށް ރެންޓަށް ދޭ ފުލެޓް ތަކުން ޖަމާވާމިންވަރު . ހައްޤު ތިވީ އެފަދަ ފަރާތްތަށް ކުއްޔަަށް ދޭން އިތުރު ކޮތަރު ހިޔަލެއް . އެވެސް އަނެއްފަހަރު އަޅުވާނީ ދެއިރު ހަމައަށް ކާއެތި ކޮޅު ނުލިބި ބުރަމަސައްކަތުން ކުލި ދައްކާ މާލޭ މީހެއްގެ ބޮލުގަ . އެއްފައި ނަމަވެސް ނިސްބަތްވާނީ މަލޭގަ ގެއެއް ދޮރެއް ނެތް މާލޭ މީހަކަށް ދެވަނަ ފައިކަށި ނިސްބަތްވާނީ މާލޭގަގަނަތެޅޭގިނަދުވަސް ތަކެއް މާލޭގަ ހޭދަ ކުރާރައްފުށު މީހާ އަށް މިހިރީ އިންސާފު . ފޮނި ނުކަޑާތިލިސްޓެއް ބާތިލް ކޮއްފަ ދެވަނަ ފަހަރަށް ވެސް ދިރިއުޅޭހާލަތް ތިހާބަލާހިތުން އުޅޭބަޔަކު ފައިސާތަކެއް ހަރަދު ކޮއްފަ ގެއަށް ބަޔަކު ފޮނުވާ ދެރަވަރު ކަމެއްދޯ .


-11

ބަކުރުބެ

26-Feb-2021

ރަގަޅު އޭރުންދޯ ރާއްޖެ ތޭރޭގެ މީހުންނަށް ކުއްޔައް ދެވޭނީ



ޓްރެންޑިން