ކުރީ ސަރުކާރުން ވަނީ 2780 މީހުންނަށް "ނެތް ފްލެޓް" ދީފައި ކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްގެ މަސައްކަތަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން އެއްކޮޓަރީގެ ފްލެޓް ދޭނެ ކަމަށްބުނެ ގިނަ ބަޔަކަށް ލިޔުން ދީފައިވާއިރު ޙަޤީގަތަކީ އެއްކޮޓަރީގެ ފްލެޓް ނެތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ވިސްނޭ ކަމަށާއި، ނަމަވެސް ނެތް އެއްޗެއް ދެވޭނެ ގޮތެއްވެސް ނޯންނާނެކަމަށެވެ. އެގޮތުން 2780 މީހުންނަށް ނެތް ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ލިޔުން ހަވާލު ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިލިޔުން ޙަވާލުކޮށްފައިވަނީވެސް ސަރުކާރު ބަދަލުވުމުގެ މަރުޙަލާގައި 04 ނޮވެމްބަރ 2018 ކަމަށެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭނެކަމަށްބުނެ 9500 ފަރާތަކަށް ކުރީ ސަރުކާރުން ލިޔުން ޙަވާލުކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެ ލިސްޓު ސަރުކާރުގެ ގެޒެޓުން ފެންނަން އެބައޮތް ކަމަށެވެ.

އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫޢުގެ ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެ ފޯމް ބަލައިގެންފައިވަނީ 20019 ފަރާތެއްގެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު