ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު (މ)
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު (މ)
އަލިފާނުގެ ޙާދިސާއެއްގައި ތ. ވޭމަންޑޫ ފެނަކަ އިންޖީނުގެ އެނދިތާ ހަގަޑިއިރު ނުވަނީސް ފެނަކައިގެ އެމްޑީ އަޙްމަދު ސަޢީދު މުޙައްމަދު ތ. ވޭމަންޑޫއަށް ވަޑައިގެންފިއެވެ.

ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ތ. ވޭމަންޑޫއަށް ވަޑައިގެންނެވީ އެރަށުގެ އިންޖީނުގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ޖަނަރޭޓަރުތައް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑު ގެއްލުމެއް ލިބިފައި ވުމާއެކު އެރަށަށް ވީއެންމެ އަވަހަކަށް ކަރަންޓް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް މަސައްކަތްތައް ތަރުތީބު ކުރެއްވުމަށެވެ.

ސަޢީދު ވަނީ ވޭމަންޑޫ ރައްޔިތުންނާއި ފެނަކައިގެ މުވައްޒަފުންނާ ބައްދަލުކުރަށްވާ އެންމެ އަވަހަކަށް އެ ރަށަށް ކަރަންޓް ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރަށްވާފައެވެ.



ފެނަކައިން ބުނެފައިވަނީ، ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަށާއި، ވަރަށް އަވަހަށް އެރަށަށް އަލުން ކަރަންޓު ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

މިހާދިސާގައި އަލިފާން ނިއްވާލެވިފައިވަނީ ރަށުގެ ރައްޔިތުންނާއި، އެމްއެންޑީއެފް ގުޅިގެން ކުރި މަސައްކަތުންނެވެ. މިޙާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލް ފެނަކައިން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ކިނބޫ

26-Feb-2021

މިއަދު ބުނިގޮތަށް ދެން ބުނާނީ ތީ ކަލޭމެންގެ އަމިއްލަ ސްޓޭޓްމެންޓެކޭ ތިމަންނަ ބުނި އެއްޗެއް ނޫނޭ. ދޮގު ހަދަން ފިސާރި ދަސްކޮށްފަ ހުރި މީހެއް.



ޓްރެންޑިން