މާލޭގައި ތަރައްޤީ ކޮށްފައިވާ ޕާކިންގ އޭރިއާ އެއް.
މާލޭގައި ތަރައްޤީ ކޮށްފައިވާ ޕާކިންގ އޭރިއާ އެއް.
ކައުންސިލަށް ލިބެންޖެހޭ ބާރުތައް ކައުންސިލަށް ލިބުުުމުގެ ސަބަބުން މާލޭގައި ގިނަ މަސައްކަތެއް ކުރެވިފައިވާ ކަމަށާއި، އެގޮތުން މާލޭގައި 7341 ވެހިކަލް ޕާރކިންގ ސްލޮޓް ހަދާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީކައުންސިލްގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކޮށް އެކައުންސިލުން ބުނެފައިވަނީ، މާލޭގައި މިހާތަނަށް 7341 ވެހިކަލް ޕާރކިންގ ސްލޮޓް ހެދިފައިވާ ކަމަށެވެ. އޭގެތެރޭގައި 5740 ސައިކަލް ސްލޮޓް ހިމެނޭއިރު 1601 ހަތަރު ފުރޮޅުލީ ސްލޮޓް ހިމެނޭ ކަަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރް.ޑީ.ސީ އާއި ހަވާލުކުރެވި ފުރަތަމަ ސެގްމެންޓްގެ މަސައްކަތް މިހާރުވަނީ ނިމުމަކަށް އައިސްފައި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އަދި މާލެއަކީ ހިތްފަސޭހަތަނަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން ލޮނުޒިޔާރަތް ޕާކު ތަރައްޤީކުރެވިފައި ވާކަންވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަލުވި ކުރުމަށް އިންޑިއަން ގްރާންްޓްގެ ދަށުން ކައުންސިލަށް އާ ވެހިކަލްތައް ގެނެވުނު ކަމަށާއި، މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ފެށުމަށް، ބަސްރޫޓް ޤާއިމް ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ދަނީ ބަސްސްޓޮޕް ތައް ތައްޔާރު ކުރެވެެމުުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަދި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓް މަރާމާތުކޮށް އާ ލޯކަލް މާރުކޭޓާއި މަސްމާރުކޭޓް ގެ ޕްލޭން މިހާރު ނިމިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ އާ ވެބްސައިޓް ތަޢާރަފް ކުރެވި، ކައުންސިލަށް ގުޅޭނެ ހޮޓްލައިނެއް ޤަާއިމް ކޮށްފައިވާ ކަންވެސް ސިޓީކައުންސިލުން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން