މިރޭ ދައުރު ކުރަމުންދިޔަ ފޭކު ފޮޓޯއެއް ކަމަށް ވިދާޅުވެ ސީޕީ ހަމީދު ހިއްސާ ކުރަށްވާފައިވާ ފޮޓޯ
މިރޭ ދައުރު ކުރަމުންދިޔަ ފޭކު ފޮޓޯއެއް ކަމަށް ވިދާޅުވެ ސީޕީ ހަމީދު ހިއްސާ ކުރަށްވާފައިވާ ފޮޓޯ
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ކުރި މުޒާހަރާގެ ތެރެއިން ފުލުހުން އަނިޔާކުރި ކަމަށްބުނެ ޕީޕީއެމްގެ އެކްޓިވިސްޓުން ފަތުރަމުން ދިޔަ ފޭކް ފޮޓޯއެއްގެ ޙަޤީޤަތް ފުލުސް ކޮމިޝަނަރ މުޙައްމަދު ހަމީދު ހާމަކޮށްދެއްވައިފިއެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމުގައި ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިއަދު ކުރަން އުޅުނު މުޒާހަރާއަކީ ރައްޔިތުން ނުރައްކަލަށް ހުށައެޅޭ ގޮތަށް ހިންގާ ޙަރަކާތެއް ކަމަށް ބުނެ މުޒާހަރާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުންވަނީ އިދިކޮޅުން މިއަދު ކުރަން އުޅުނު މުޒާހަރާ ހުއްޓުވާ 28 މީހަކު ހައްޔަރުކޮށްފައެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން ފުލުހުން އަނިޔާ ކުރިކަމަށްބުނެ ޕީޕީއެމްގެ މީސްމީޑިއާ އެކްޓިވިސްޓުން ދައުރު ކުރަމުން ގެންދާ ފޮޓޯއަކީ އަސްލެއްނެތް ދޮގު ފޮޓޯއެއް ކަމަށް ސީޕީ ހަމީދު ވަނީ ހާމަކުރަށްވާފައެވެ. ޕޮލިސް ކޮމިޝަނަރ ހަމީދު ވަނީ އެއީ އަސްލެއް ނޫންކަން ސާބިތުކޮށްދެއްވުމަށް ޓްވީޓެއް ކުރަށްވާފައެވެ. އަދި އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ސީޕީ ޙަމީދު ވަނީ ގޮވާލައްވާފައެވެ.



މިއަދު ޕީޕީއެމުން ކުރި މުޒާހަރާއިން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އާއި، ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫނާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހިމެނެއެވެ.

އަދި މުޒާހަރާ ފެށުމުގެ ކުރިން ފުލުހުންވަނީ ކާނަލް ނަޝީދާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވެސް ހައްޔަރުކޮށްފައެވެ. މީގެއިތުރުން ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޝާހިދާއި، ފެނަކައިގެ ކުރީގެ އެމްޑީ ނިމާލްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ފުލުހުން ވަނީ ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި އެޗްޕީއޭއިން ވަނީ، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން