ޝެއިޚް އިލްޔާސް ޙުސައިން
ޝެއިޚް އިލްޔާސް ޙުސައިން
ދީނީ ޢިލްމުވެރިންނަށް ފުރައްސާރަކުރުމަކީ ނިކަމެތިކަން ލިބޭނެ ކަމެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް މި ބީދައިން ވާހަކަ ދައްކަވާފައިވާއިރު، ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި އޮތް ނުރައްކާތެރި ޙާލަތަށް ވިސްނައި، ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކުރުން މުހިންމު ކަމަށް ދީނީ ޢީލްމު ވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވުމާ ގުޅިގެން އިސްލާމް ދީނުގެ ބައެއް އިލްމްވެރިން ވަނީ ރައީސް މައުމޫނަށް ނިސްބަތްކޮށް ވަރަށް ޒާތީ ބަހުގެ ޙަމަލާތަކެއް ދީފައެވެ.

ވަކި މީހަކަށް ނިސްބަތް ނުކޮށް ޝައިޚް އިލްޔާސް ވިދާޅުވެފައިވަނީ، މަޤާމުތަކަށް އާދެވުމުން ޙައިސިއްޔަތު އޮޅުމަކީ ޖާހިލުކަމުގެ ޢަލާމާތެއް ކަމަށެވެ. އަދި ދީނީ ޢިލްމު ވެރިންނަށް ފުރައްސާރަ ކުރުމަކީ ނިކަމެތިކަން ތަޙައްމަލް ކުރަންޖެހޭ ކަމެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.



މާލޭގެ މިސްކިތްތަކުގައި ފަރުޟުނަމާދު ގައިދުރުކޮށް ކުރުމަށް ރައީސް މައުމޫން ވަކާލާތު ކުރަށްވާތީ ބައެއް ބޭފުޅުން ދަނީ ރައީސް މައުމޫނަށް ރައްދުދީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް މާތްވެގެންވާ މައްކާގެ ބިމުގައިވެސް މިވަގުތު ފަރުޟު ނަމާދުތައް ކުރަމުން ގެންދަނީ ގައި ދުރުކަން މަތީގައި ތިބެގެންނެވެ.

މިކަމާގުޅިގެން ބައެއް އިލްމުވެރިންގެ ބަސްމަގު ހުތުރުވެފައިވާތީ އެބޭބޭފުޅުންނަށް ނަޞޭޙަތް ދެއްވައި ރައީސް މައުމޫން ވިދާޅުވެފައިވަނީ، ދީނުގެ ޢިލްމުވެރިން ވާހަކަ ދައްކަވާނީ ޙިކްމަތްތެރި ކަމާއެކު ރިވެތިބަހުން ކަމަށެވެ. އަދި ދުލުގެ ޢިއްފަތްތެރިކަމަށް އެބޭފުޅުން އިސްކަން ދެއްވަންވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ދާދިފަހުން ސިއްޙަތާބެހޭ ވަޒީރު އަޙްމަދު ނަސީމްވެސް ވަނީ، މިސްކިތްތަކަށް ވަޑައިގަންނަވާ ބައެއް ބޭފުޅުން އެޗްޕީއޭގެ ގައިޑްލައިނަށް ތަބާނުވާކަމަށް ވިދާޅުވެ އެގޮތަށް އެކަން ނުކުރެއްވުމަށް ނަޞޭޙަތްތެރިވެފައެވެ. އެގޮތުން މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް އެޅުއްވުމަށާއި، މުސައްލަ ގެންދަވަން ވާނެ ކަމަށާއި، އެނޫންގޮތަކަށް ޢަމަލުކުރުމަށް ހިތްވަރުދޭ ދީނީ ޢިލްމުވެރިންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ނުރަބޯ

06-Mar-2021

ދީނީ ޢިލްމުވެރިންނަށް އެންމެބޮޑު ފުރައްސާރައެއް ކުރީ ހަމަ އިލްޔާސް ނޫންތޯ....? މިބިންމައްޗަށް މާތްﷲ ސުބްޙާނަހޫ ވަ ތަޢާލާ ފޮނުއްވި އެންމެ މާތް މަޚްލޫޤް ކަމުގައިވާ މާތް މުޙައްމަދު ޞ.ޢ.ޥ އަށް ބަދުބަސް ބުނެ ފުރައްސާރަ ކުރި މީހެއްގެ ފަހަތަށް ގޮސް އޭނާ އަށް ބާރު ހޯދައިދިނުމުގައި އެހީތެރިވުން އެއީ ދީނީ ޢިލްމުވެރިންނަށް ފުރައްސާރަ ކުރުމަށްވުރެވެސް ނުބައިކަމެއް ނޫންތޯ.....?


3

ކިނބޫ

02-Mar-2021

ކަންނެލި އޮޑިއާ ާ ާ ާ އަނގަ ނުގަޅާ ާ ާ ާ ފޮޓޮއަކުން ކަލޭ ފެނުނަސް ރުޅއާދޭ. ލޭ ކެކޭ. ކަލޭ ތީ ނުބައި ނުލަފާ ކުނި އަނގަގަނޑެއް. މިލަ ޑރ.ގެ ފުޅަ އަނގައެކޭ ކަލޭގެ އަނގައެކޭ ތަފާތެއް ނެތް. ކޭ.



ޓްރެންޑިން