ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 121 ރިސޯޓެއްގައި ވޯޓްފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި 121 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ރިސޯޓެއްގައި ބަހައްޓާނީ އެއް ވޯޓުފޮށިކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރާއިރު، ކައުންސިލް އިންތިޚާބަށް 2264 ކެނޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީއަށް 1670 ކެނޑިޑޭޓުން ވާދަ ކުރަށްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
މި އިންތިހާބުގައި މާލޭ ސިޓީގައި 51499 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު އައްޑޫސިޓީގައި 25055 މީހަކު އަދި ފުވައްމުލަކުން 9177 މީހެއް އަދި ކުޅުދުއްފުށީ ސިޓީގައި 6825 އަދި އެހެނިހެން އަތޮޅުތަކުން 179924 މީހުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ.
ފާއިތުވި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިޚާބު ފަސްކުރަން ނިންމީ ކޯވިޑް-19އާ ގުޅިގެންނެވެ. އޭރު އެކުލަވާލި ޚާއްސަ ޤާނޫނެއްގެ ދަށުން އިންތިޚާބު ފަސްކޮށް އޭރު ތިބި ކައުންސިލަރުންގެ ދައުރުވެސް އިތުރު އެއް އަހަރަށް ދަންމާލިއެވެ.
އެ ޤާނޫނުގެ ދަށުން މި އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހުގައި ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރި ނަމަވެސް ޤާނޫނުގައި ބުނެފައިވާ ގޮތަށް ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ނައުމުގެ ސަބަބުން އިންތިޚާބާ ބެހޭ ޚާއްސަ ޤާނޫނު އިސްލާޙްކޮށް އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ސިވިލްސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޤާނޫނުގައި ބުނެފައިވާ ގޮތަށް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. ކޯވިޑް-19 ގެ ސަބަބުން އިންތިޚާބު ނުބޭއްވި އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު އެންމެ ފުރަތަމަ އިންތިޚާބު ބޭއްވުމަށް އިޢުލާނުކުރުމުން ސަސްޕެންޑްވި ގިނަ މުވައްޒަފުންތަކެއް ވަނީ އަތްމަތިދަތިވުމުގެ ސަބަބުން އިންތިޚާބުން ނަން އަނބުރާ ނަގާފައެވެ.

LCE n WDCE 2020 ga 121 resort ga vote foshi bahahtan EC in nimmaifi
— Ahmed Shareef (@ShareefRangondi) March 1, 2021

ކިޔުންތެރިންގެ ހިޔާލު