ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙްސިން
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙްސިން
އެކްސްޓްރެޑިޝަން އެއްބަސްވުން ނުހަދައި އިންޓަރޕޯލް މެދުވެރިކޮށް މީހުން ހައްޔަރުކުރުމަކީ ބޭކާރު ކަމެއް ކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙްސިން ވިދާޅުވެއްޖެއެވެ.

އެކްސްޓްރެޑިޝަން ޤާނޫނަކީ ކުށްކުރި ޤައުމުގައި ޝަރީޢަތް ހިންގުމަށްޓަކައި ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާ، އޭނާ ކުށުގެ ޢަމަލު ހިންގި ޤައުމަށް ޙަވާލުކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ޢަމަލު ކުރާ ޤާނޫނެވެ. ރާއްޖެއިންވެސް ދާދި ފަހުން ވަނީ އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައިވާ ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ) ލަންކާއިން ހައްޔަރު ކޮށްފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އަންމަޓީ ރާއްޖެއަށް ގެނެވިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން މުހުތާޒް ވިދާޅުވީ، އެކްސްޓްރެޑިޝަން މުއާހަދާ އަދި އެކްސްޓްރެޑިޝަން ގާނޫނުގައި ބަޔާންކުރާ ދެގައުމުގެ ދެމެދުގައި ހެދޭ އެއްބަސްވުން ނުހެދެނީސް އިންޓަޕޯލް މެދުވެރިކޮށް މީހުން ހައްޔަރުކުރުމަށް އެދުމަކީ ފޫނެތްފަޔަށް ފެންފުރުން ފަދަ ކަމެއް ކަމަށެވެ. އަދި އެއިން ނުކުންނާނޭ ރަނގަޅު ނަތީޖާއެއްވެސް ނެތް ކަމަށް މުހުތާޒް ވިދާޅުވިއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ރައީސް ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރު ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން، އެ އެޕާޓްމެންޓްތައް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާ ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާ ނެގުމަށްފަހު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމެއްނެތި ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ، އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަވަށްޓެރި ލަންކާގައި ދިރިއުޅެމުންދަނިކޮށް އަންމަޓީ ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ފްލެޓް ވިއްކުމުގެ ނަމުގައި ފައިސާ ނެގުމަށްފަހު، ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާތީ ސީލައިފްގެ ފްލެޓް ގަތް 203 މީހަކު، ފައިސާ އަނބުރާ ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާކުރުމުން ކޯޓުން ބޭރުގައި އެ މައްސަލަ ނިންމައި ބަދަލުގެ ގޮތުގައި 43 މިލިއަން ރުފިޔާ ދިނުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


5

މުހުތާޒޫ ޫ ޫ ޫ

06-Mar-2021

މުޙުތާޒް އެއީ އަންމަޓޭގެ ލީގަލްޓީމުގެ ވެރިޔާ މިއީވާ ޤާބިލް އިހުލާސްތެރި ހިކުމަތްތެރި އިއްޒަތްތެރިން ގިނަޤަޢުމެއްތާދޯ?



ޓްރެންޑިން