ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އާއި ޑރ. ޢިޔާޒް (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އާއި ޑރ. ޢިޔާޒް (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންނެވި ނަމަވެސް ގައިދުރުކޮށް ނަމާދު ކުރުމާމެދު ދެންނެވޭނީ، ވަރަށް ބޮޑަށް "ސޮރީއޭ" ކަމަށް އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން މިއަދު ވަނީ ނިންމައިފައެވެ. މިނިސްޓްރީގެ އެ ނިންމެވުމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، އެ ނިންމެވުމުގެ ސަބަބުން ވަރަށް ގިނަ ޢާއްމު ރައްޔިތުންގެ ފަރާތުން މެސެޖްތަކާއި ކޯލްތައް ލިބެމުންދާ ކަމަށެވެ.

އެގޮތުން ގުޅުއްވި ބައެއް ބޭފުޅުން މިނިސްޓްރީން ޖަމާޢަތް ހުއްޓާލަން އެންގި ނަމަވެސް މިސްކިތަށް ގޮސް ވަކިން ޖަމާޢަތް ހަދައިގެން ނަމާދު ކުރާނެ ކަމަށް ބުނެފައިވާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އަދި ކުރަން މިއުޅޭ ކަމަކީ ބަސްނުވިކޭ އޮޑި އެއްގެ ދިރުނބާކޮޅަށް އެރުން ކަމަށާއި، މިކަން ނުކުރުމަށް ކާބަފައިން ވެސް ވަނީ އިލްތިމާސްކޮށްފައިކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ރައީސް އަށް ދަންނަވަން އޮތީ ވަރަށް ބޮޑަށް ސޮރީއޭ. މިއީ އަޅުކަމެކޭ. މިކަމަކާ ނުކުޅެވޭނެޔޭ. އަޅުގަޑުގެ އަމިއްލަ ކަމެއްނަމަ ކޮންމެ ފަދަ ދުލެއްވެސް ދެވިދާނެޔޭ. އަޅުގަޑުމެންނަށް ދެވިދާނެ ލުއިތަކުގެ ވާހަކަތައް ވާނީ ސީދާ އެމަނިކުފާނާއިވެސް ޙިއްސާ ކުރެވިފައި." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ޑރ. އިޔާޒް ވިދާޅުވީ، ކުރަން މިއުޅޭ ކަންތައް ސާފު ނުވާ ކަމަށާއި، ކޮވިޑްގެ ކަންތަކުގައި މިސްކިތާއި ގުޅޭ ގޮތުން ނޫން އެހެން އެއްވެސް ކަމެއްގައި އެޗްޕީއޭގެ ސީރިއަސްކަމެއް ނުފެންނަ ކަމަށެވެ. އެގޮތުން މަގުމަތީގައި ސާމްޕަލް ނަގަން ތިބޭ ބޭފުޅުން މިހާރު ތިއްބަވަނީ ފޭސް ޝީލްޑްވެސް ނާޅުއްވާ ކަަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ، ފުޓްބޯޅަ ފަރިތަ ކުރަން ހުއްދަ ދެވިއްޖެ ކަމަށާއި، ނަމަވެސް މިސްކިތުގައި ބަޔަކު މާސްކު ނާޅާ ކަމުގެ ޚަބަރު ލިބިވަޑައިގެން ހެލްތު މިނިސްޓަރ ހިތުގައި ހުރި ހުރިހާ އުދާސްތަކެއް ބަންޑުން ކޮށްލެއްވި ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީންވެސް އެޗްޕީއޭގެ އެންގުމަށް ފުރިހަމައަށް ބޯލަނބާފައި ނުވާކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

އެހެންކަމުން އިސްލާމިކް މިނިސްޓްރީންވެސް އެޗްޕީއޭއިން ޖަހާހާ ބެރަކަށް ނަށައިގެން ނުވާނެ ކަމަށާއި، ދައްކާހާ ބިރަކަށް ސިހިގެންވެސް ނުވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ކަންތައްތައް ކުރަންޖެހޭނީ ހަރުދަނާކޮށް ކަމަށާއި، ދޫދެވުނު މިންވަރަކަށް ދޫދިން ނަމަވެސް ދޫނުދެވޭނެ ކަންތައްތަކެއް ހުންނާނެކަމަށް އިޔާޒް ވިދާޅުވިއެވެ.



ގައިދުރުކޮށް ނަމާދުކުރަން ބުނާނަމަ މައްކާގެ ޙަރަމްފުޅުގެ ނަމާދު ޓީވީ އިން އަޅުވައިގެން ގޭގެ ކޮޓަރި ތެރޭ ހުރެ ނަމާދު ކުރުން ރަނގަޅުވާނެ ކަމަށާއި، އޭރުން ޙަރަމްގައި ނަމާދު ކުރުން ކަމަށްވެސް ވެދާނެކަމަށް މަލާމާތުގެ ރާގެއްގައި އިޔާޒް ވިދާޅުވިއެވެ. އިޔާޒް ވިދާޅުވީ މިއީ ކުރިމަތިވެފައިވާ ބޮޑު އިމްތިޙާނެއް ކަމަށާއި، މި އިމްތިޙާނުން ފާސްވުމަށް الله ގެ ދީނަށް ރުޖޫޢަވާން ޖެހޭކަން ގަބޫލުކޮށް އެކަން މީސްތަކުންނަށް ވިސްނައިދޭން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ދީނުގެ ތެރެއަށް الله އެންމެ ރުހިވޮޑިގެން ނުވާ ބިދުޢަވެރިކަން އަޅުކަމުގެ ތެރެއަށް ވައްދަން ވެއްޖެނަމަ މިބަލިން ސަލާމަތްވުން ވާނީ ލަސްތޯ އަވަސްތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލަން އެބަ ޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ.

ޞަޙާބީންނާއި ތާބިޢީންގެ ޒަމާނުގައިވެސް ގައިން ގަޔަށް އަރާ ބަލިތައް ފެތުރިގެން ދިޔަ ކަމަށާއި، ނަމަވެސް 2020 ގައި އުފެދުނު ބިދުޢަ ކަމުގައިވާ ގައިދުރުކޮށް ނަމާދު ކުރުމުގެ ކަންތައް އެބޭފުޅުން ނުކުރައްވާ ކަމަށް އިޔާޒް ވިދާޅުވިއެވެ.

"އެއީ އެންމެ ހެޔޮ ގަރްނުގެ ބޭކަލުން. އެބޭކަލުން ނުކުރެއްވި ކަމެއް މާމޮޅު ކަމަކަށް ހަދައިގެން ކުރަން އުޅުމަކީ ކޮސް ކަމެއް. ބަޔަކު މީހުން ގޮތަކަށް ކަމެއް ކުރުން އެއީ ޙުއްޖަތެއް ނޫން. ދީނުގެ ކަނކަން ނިންމަން ޖެހޭނީ ޙުއްޖަތާއި ދަލީލުގެ މައްޗަށް ބުރަވެގެން. ގައިދުރުކޮށް ޞަފު ހެދުމަށް އެއްވެސް ދަލީލެއް ނެތް." ޑރ. އިޔާޒް ވިދާޅުވިއެވެ.

ދީނީ ޢިލްމުވެރިން ޒަމާނުއްސުރެ އެންމެ ބިރުގަންނަ ފިކުރަކީ ޑޮޓް ފިކުރު ކަން ފާހަގަކުރަށްވައި ޑރ. އިޔާޒް ވިދާޅުވީ، ގައިދުރުކޮށް ސަފު ހަދަން ހުޅުވާލުމަކީ ޑޮޓް ފިކުރު ފެތުރުމަށް ދެވޭ ދަޢުވަތެއް ކަމަށެވެ. އޭރުން މިސްކިތުގައި ތިން ހަތަރު ޖަމާޢަތް ހެދޭނެ ކަމަށާއި، ޚާއްޞަކޮށް ހުކުރު ދުވަހު އެއްބަޔަކު ހުކުރުކޮށްގެން ފޭބީމާ ނޫނީ އަނެއްބަޔަކަށް ޖާގަ ނުލިބޭތީ ގެތަކުގައި ހުކުރު ކުރަން ފަށާފާނެ ކަމުގެ ބިރު އެބައޮތްކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޢިބުރާހިމު

06-Mar-2021

މިއިޔާަޒުއަކީދީނީހަރުކަށިފިކުރުގެމީހެއް މީނެގެދީނީހުއްދަބާތިލްކުރަންގޮވާލަންސަރުކާރަން.


3

ާަަަަަިިއަހުމަދު

06-Mar-2021

ޢިޔަަަަާޒުގެހުއްދަ ބާަތިލްކުރަންފެަނޭެ


2

علي وحيد

06-Mar-2021

އިޔާޒޫ ވެރިކަމަށް ކެމްޕޭން ކުރި ދުވަސްވަރު ޕީޕީއެމްގެ ރަނިންމޭޓު އަދި ރިޔާސީ ކެނޑިޑޭޓު ތިހުރިހާވާހައެއް ދެއްކި ޑރ. އިޔާޒޫ ،ސޭޚުޒައިދު، ސޭޚުއިލްޔާސް، ސޭޚުހުސެންރަސީދު ކަހަލަ ބައެއް ޢިލްމުވެރިން ގަބޫލުނުކޮށް شيخ شهيم އަށާއި، رئيس عبدالله يامين عبدالقيوم އަށް ގެންދިޔައީ ފުރަށްދާރަ ކުރަމުން މިއަދު ތިޖެނީ ކޮންތަނެއްގަތޯ ފޭހުނުއިލޮށިގަނޑު އަމިއްލަލޮލައް މިހާރު ސޭޚު ހުސެންރަސީދުވެސް އެދަނީ ބައެއް ދީނީ ޢިލްމުވެރިން އަބޫޖަހުލާއި ހަމަހަމަކުރަމުން މިއަދުގެ އަހަރެމެން ގެ حالة އިކީ ކޮބައިތޯ ދީނީތާޖު ބޮލުގައަޅައިގެންތިބި ބައެއް ދީނީ ޢިލްމުވެރިން އަނެއްބައި ޢިލްމުވެރިން އަބޫޖަހުލުފަދަ ކާފަރުންނައް ނިސްބަތްކުރަމުން ދާއިރު قوم ގެ حالةއާއިމެދު ވިސްނަނީ ކިތައް ނޫސްވެރިން ތޯ ކިތައް ރަށްޔިތުންތޯ ކިތައް ސިފައިން ކިތައް ފުލުހުން ތޯ


-3

ސަމް

06-Mar-2021

ޝުކުރިއްޔާ


3

ޢަލީ

06-Mar-2021

ٱلْحَمْدُ لِلَّٰهِ ޑރ އިޔާޒް ވަރަށް އުފާކޮށްފިން... މަނިކްފާނަށް ހެޔޮ ވިސްނުމާއި ކުރިއެރުމަށް އެދެން


2

ސަޢީދު

06-Mar-2021

އަހާލަންމިއުޅެނީސައުދީގައިތިބީނުކިޔަވާތިބިމީހުންތޯ ނޫނީދިވެހިރާއްޖޭގަތިބިވަކިބަޔަކުތޯކިޔަވައިގެންތަންދޮރުދަންނަބަޔަކައްތިބީ ހަރަމްފުޅުގައިނަމާދުއެކުރަނީ ޑޮކްޓަރުނުކިޔާމީހުންމުދިންކަންކުރާތީހެއްޔޭނޫނީސައުދީގައިނެތީހޭތިފަދަބަހެއްބުނެލާނެވަރުވެސް އޯކޭ ޑޮކްޓަރު އިޔާޒުގެ ގެކީއްވެކޮވިޑްގެބަލިމީހުންބަިތިއްބާހޮސްޕިޓަލަކަށްނަހަދާހުރީއަދިތިޔަޑޮކްޓަރުއެމީހުންނަފަރުވާދޭންނުފައްޓަވާހުންނެވީ


-7

ބްލަޑް

06-Mar-2021

ދެން މައްކާގަ ހަރަމްފުޅުގަ ނަމާދު ކުރާއިރު ގައި ދުރުކުރަނީ ކީއްވެގެން ބާވައޭ މަގޭ ހިތަށް އަރަނީ. ޢިޔާޒު ކީކޭތޯ ވިދާޅުވާނީ މިކަމުގަ. މަށައް ބުނެވޭނީ ދިވެހި ޢިލްމުވެރިން ތަންކޮޅެއް އެކްސްޓުރީމް ވަނީއޭ. ވަރަށް ބޮޑަށް މަޢާފު..


2

ވަރަބިންދާލި ކޮތަރު

06-Mar-2021

ރައިސަށް ދަންނަވާބަލަ . މަގުމަތީ ވެހިކަލް ދުއްވާ ހާއްސަކޮއް ސައިކަލް ދުއްވާމީހުންގެ ތެރެގަ 3 ފޫޓް ގެ ދުރުމިނެއް ނުހުންނަވާހަކަ . މިހާރު ރައިސަށް ކާރެއްގަ އިންނެވޭތީއެކަންނޭގެނީ . މަގުމަތީ މިދުވަސް ވަރަކީ އިންތިހާއަށް ހަލަބޮލިވާދުވަސް ވަރެއް 10 މީހުން ނަށް ވުރެ ގިނައިން މަގުތަކަށް މީހުންނެރެން، ނުނިކުންނަ ކަހަލަ ހުއްދައެއް ދީބަލަ . މަގުތައް ތޮއްޖެހި ދުއްވާއެއްޗެހި މަގުމަތީގިނަކަމުން ހިގާފަ އުޅޭމީހުން ވެސް ސައިކަލްގަ އިންނަމީހާ އާ މަގު މަތީހުއްޓި ހުންނަމީހާދެމެދު ވެސް 3 ފޫޓް ގެ ގައިދުރު ކަމެއް ނެތް އިރު މިސްކިތާއަޅާގަނެގެން މިއުޅެނީ ކީއްވެ . ފިހާރަތަކުގެ ވެސް ހަމައެފަދައިން ކަންތައް އޮތް އިރު . ކޮވިޑެއް އުޅޭތީއޭކިޔާއަސާސީހައްޤު ތަކާ ދީނީ ވާޖިބު ތައް އަދާކުރުން ހުއްޓާލާ ގެބަންދު ވެގެން ތިބެވެސް ތިކޮވިޑެއް ކޮންޓްރޯލެއް ނުވި . މިދިއަ ބަރަކާތް ތެރި ރަމަޟާން މަހުވެސް އުޅޭން ޖެހުނީ މިހާލުގަ . ރައިސްއިސްއިސްތިއުފާދީގެން ނޫނީ ގައުމުގެ ރައްޔިތުންވެސް ހަމައަކަށް ނޭޅޭނެ . އެކަކުވެސް ބަހެއް ނާހާ . މަގު މަތީދުއްވާއެއްޗެހި ދުއްވުން މަނާގަޑިތަކުގަވެސް ލާހިކެއް ނޫން މަދު މެދުން ހިގާފަ ދާކަށް . މީހުން ވެހިކަލްގައުޅޭލެއް ގިނަކަމުން . އެއްކަމަކުންވެސް ސަލާމަތް ނެތި އުޅޭން ޖެހިފަ ތިބެން މިޖެހެނީ .


5

ލލ

06-Mar-2021

ބަލިމަޑު ކަމާއި ތަދުމަޑުކަން ދިމާވީމަ ކުރަން އޮންނަ ކަމަކީ އިސްތިސްގާ ނަމާދު ކުރުންތޯ ނުވަތަ ހަމައެކަނި ގައިދުރުކޮށް ނަމާދު ކުރުންތޯ ؟ ބަލަ އިސްތިސްގާ ނަމާދު ކޮށްބަލަ !



ޓްރެންޑިން