ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި މުޙައްމަދު ފަޒީން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި މުޙައްމަދު ފަޒީން
އެމްޑީޕީ އުފެއްދުމަށް ފޯމް ހުށައެޅި މީހުންގެ ތެރޭގައި އޭނާވެސް ހިމެނޭ ކަމަށް ވިދާޅުވެ، ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުޙައްމަދު ފަޒީން، އޭނާ އަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފިއެވެ.

ރާއްޖެ ޓީވީގެ ނޫސްވެެރިޔާ މުޙައްމަދު ފަޒީން ބްރޯޑްކޮމްއަށް އައްޔަންކުރަން ފާސްވީ ރައްޔިތުންގެ މަޖިލީހުގައި އެކަމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ. އެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ފަޒީން އަށްވުރެ ގިނަ މާކްސް ހޯއްދަވާފައިވަނީ ވީމީޑިއާގެ ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާއެވެ. ނަމަވެސް ރައީސް ޞާލިޙް މަޖިލީހަށް ނަންތައް ފޮނުއްވި ތަރުތީބުން ވޯޓަށް އެހުމުން ލިސްޓުގެ ކުރީގައި އޮތް ފަޒީނަށް ރުހުން ލިބި ޝިފްޒާގެ ނަމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށްވެސް އަހާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ކުރިމަތިވަމުންދާ ފާޑު ކިއުންތަކަށް ރައްދު ދެއްވަމުން ފަޒީން ވިދާޅުވީ، އޭނާ މަޤާމަށް ހޮވިފައިވަނީ އެމްޑީޕީގެ މެމްބަރަކަށް ވުމުން ކަމަށްބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ އަކީ އެމްޑީޕީ އުފައްދަން ސޮއި ކުރި މެންބަރެއްކަމަށާއި، އެމްޑީޕީވެގެން އޭނާ އަށް މަޤާމެއް ލިބޭނަމަ ލިބުނުތާ ކިތަންމެ ދުވަހެއް ވާނެ ކަމަށް ފަޒީން ވިދާޅުވިއެވެ. ފަޒީނަށް އެއްވެސް އެވޯޑެއް ނުލިބޭކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން ފަޒީން ބުނެފައިވަނީ އެވޯޑަކީ ކުރިމަތިލުމުން ލިބޭ އެއްޗެއް ކަމަށެވެ.



ރައްޔިތުންގެ މަޖިލީހުން މިއަދު ބްރޯޑްކޮމްގެ މެމްބަރަކަށް ފަޒީން އައްޔަނުކުރުމުން ޢާއްމުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައެއް މެމްބަރުންވެސް ވަނީ ނުރުހުން ފާޅުކުރަށްވާފައެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް ވިދާޅުވީ، ކޮމިޓީން ނިންމާގޮތަށް މަޖިލީހުން ކަންތައްތައް ފާސްނުކުރެވޭނަމަ ކޮމިޓީގައި ވަގުތުތަކެއް ބޭކާރުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޢާއިލާ ބޮޑު މީހަކަށް ނުވަތަ ދާއިރާ މީހަކަށް މަޤާމުދީ ނިންމާލުން މާރަނގަޅުވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ 11 ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއިރު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރި ނަންތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެނަމާއި، ވީޓީވީގައި މަސައްކަތް ކުރައްވާފައިވާ ޝިފްޒާ މުސްތަފާގެނަމެވެ.

7 މެމްބަރުން ތިއްބަވާ ބްރޯޑްކޮމްގެ މެންބަރުކަމުގައި ފަޒީންގެ އިތުރުން، ދެން ތިއްބަވާނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، ނައިބު ރައީސް އަޙްމަދު ގައިސްއާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތާއި، މެންބަރު އަމްޖަދު ވަހީދާއި، މެންބަރު ޢަލީ ޔޫސުފާއި މެންބަރު އާމިނަތު އަމީނާއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ރަސް

05-Mar-2021

އަނދުން ޙުސައިން ދައްކަން ވަރަށް ރީތި ވާހަކައެއް ތީ. ތިމާގެ ނުފޫޒުން އާސަންދަ ތެރެއަށް އަތް ބާނުއްވައިގެން ރައްޔިތުންގެ ފައިސާ އިން ބެންކޮކް ފަދަ ތަންތަނަށް ރައްޓެހިންނަށް ޓިކެޓް ހޯދަދޭ ވާހަކައަކީވެސް އަނދުން ޙުސައިންގެ ދީލަތިކަމާބެހޭ ގޮތުން މީހުން ދައްކާ ވާހަކައެއް.


-2

މަސްވެރިއެއް

06-Mar-2021

ތީ އަހަރަމެން ބަލަން ބޭނުންވާ ކަމެއްނޫން! މިއަދު އައްޔަން ތިޔަވާ މަޤާމާމެދު ވިސްނާ! ޙައްޤުވެރި ފަރާތް ބޭރުކުރީ. ތީ ތަމެންކިޔާ އިންސާފުތޯ؟ ކިޔަވައިގެންތިބި ޤާބިލް މީހުން ބޭރުކޮށް ތަކަހަލަ ޗާބީ ޕަޕެޓުން އައްޔަންކުރާތީ، ތަންތަން ފަސާދަވެ، ޤައުމު ކުރިނާރަނީ.


6

ޙ

06-Mar-2021

ކަލޭ ޢެރު ނުވެސް ވިހާ


1

ކިނބޫ

06-Mar-2021

އެންޑީޕީ އުފެއްދީމަ އެމްޑީޕީ ރައީސްކަމުގަ ކަލޭ ހުރޭ. ދައުލަތުގެ ބޮޑެތި މަގާމުތަކުގަ ކައްޕަޅިން ތިބުމަކީ މަގާމުތަކުގެ ގަދަރު ކުޑަވެ އަގު ވެއްޓޭ ކަމެއް.



ޓްރެންޑިން