ޝައިޚް ޢަލީ ޒައިދު (ވ) މަޖިލީހުގެ ކުރީގެ މެމްބަރު ޙާމިދު އަބްދުލްޣަފޫރު (ކ)
ޝައިޚް ޢަލީ ޒައިދު (ވ) މަޖިލީހުގެ ކުރީގެ މެމްބަރު ޙާމިދު އަބްދުލްޣަފޫރު (ކ)
ފުލުހުންގެ ބޯޑަށް "ހޮނޑައިދޫ ރައްޔިތަކު" އައްޔަނުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ފުލުހުންގެ އާ ޤާނޫނުގެ ދަށުން އެކުލަވާލާ ޕޮލިސް ބޯޑަށް ކުރިމަތި ލައްވާފައިވާ ކުރީގެ މަޖިލިސް މެންބަރު ހާމިދު ޢަބްދުލް ޣަފޫރަށް ޝައިޚް ޢަލީ ޒައިދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލާ ޕޮލިސް ބޯޑުގެ މެންބަރުކަމަށް އާންމުންގެ ތެރެއިން މެމްބަރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ހުޅުވައިލުމުން ކުރިމަތި ލެއްވި 5 ބޭފުޅުންގެ ތެރެއިން އެ މަޤާމަށް ކުރިމަތިލެއްވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަން ކުރެއްވި ހާމިދު އަބްދުލް ޣަފޫރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. ޙާމިދު ފިޔަވައި އެހެން ބޭފުޅަކަށް ފާސްވާވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.

ޙާމިދަކީ 2012 ނޮވެމްބަރު 16 ވަނަދުވަހުގެ ފަތިހު 05:00 ހާއިރު ހދ. ހޮނޑައިދޫ ކިޔާ ފަޅުރަށެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުނު މައްސަލައާ ގުޅިގެން ދަޢުވާކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުއްވި ބޭފުޅެކެވެ. އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މިހާރުގެ މެމްބަރު ޖާބިރާއި، ރައީސް ނަޝީދު ސަރުކާރުގެ ސްޕޯކްސްޕަރސަން މުޙައްމަދު ޒުހެއިރާއި، ދަޢުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އިބްރާހީމް ޙުސައިން ޒަކީ ވެސް ހިމެނެއެވެ.

ޕޮލިސް ބޯޑަށް ޙާމިދު ޢައްޔަނު ކުރުމަށް މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ޙާމިދަކީ ކަނޑައެޅިގެން ޤިޞާޞްގެ ޙުކުމަށް ފާޅުގައި އިންކާރު ކުރަށްވާފައިވާ މީހެއް ކަމަށާއި، އަދި "ޝަރުބަތު ހިއްޕަވައިގެން ޔޫރިން ނުދީ" ފިލައިގެން އުޅުނުކަމަށް ތުހުމަތު ކުރެވޭ ހޮނޑައިދޫ ރައްޔިތެއް ކަމަށެވެ.

"ޕޮލިސް ބޯޑަށް ޝަރުބަތު ހިއްޕަވައިގެން ޔޫރިން ނުދީ ފިލައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހޮނޑައިދޫ ރައްޔިތަކު އައްޔަނު ކުރަން އުޅުމަކީ އެއްވެސް ޙާލެއްގައި ޤަބޫލު ކުރެވޭނެ ކަމެއް ނޫން." ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.



"ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އޭގެ ތެރޭޭގައި ހިމެނެނީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާފައިވަނީ، ލަބީގް މުހައްމަދު މާހިދު މ. މަނަދޫ ވިއު، ޒުބައިރު އަހުމަދު މަނިކު ގ. މަލްވިނަ، ޒީނަތު އަލީ ދަފްތަރު. 2616، އަލީ މުހައްމަދު މަނިކު ދަފްތަރު.1851 އަދި ހާމިދު އަބްދުލް ޣަފޫރު ހ. ޝޭޑީ ކޯނަރ އެވެ.



ކިޔުންތެރިންގެ ހިޔާލު


-1

މުހުމަދު

07-Mar-2021

މީކިހާބޮޑުބަލާއް ކަލޭތީކާކުތަ ކަލޭއައްތައެގެނީ ބޯޑުތަކައްލާންޖޭހޭމީހުން


5

ކިނބޫ

06-Mar-2021

ޕޮލިސް ބޯޑަށް ގރ ހނޑއފ. ޗީޗީ


8

ކިނބޫ

06-Mar-2021

ޕޮލިސް ބޯޑަށް ގރ ހނޑއފ. ޗީޗީ


0

ކިނބޫ

06-Mar-2021

ޕޮލިސް ބޯޑަށް ގރ ހނޑއފ. ޗީޗީ


4

ކިނބޫ

06-Mar-2021

ޕޮލިސް ބޯޑަށް ގރ ހނޑއފ. ޗީޗީ


0

ކިނބޫ

06-Mar-2021

ޕޮލިސް ބޯޑަށް ގރ ހނޑއފ. ޗީޗީ


-3

ކިނބޫ

06-Mar-2021

ޕޮލިސް ބޯޑަށް ގރ ހނޑއފ. ޗީޗީ


1

ހިސޯން

06-Mar-2021

މަޖުލީހުން ހޮވާފާނެ އެކަމަކު ރައްޔިތުން ބަލައެއް ނުގަނަނާނެ.


-5

ައަހުމަދު

06-Mar-2021

ތީ ސޭޚެއްވެސް ނޫން. އަމަޔަށް ވެސް ކަންތައްކުރަނީ އެހާ ނުލަފާކޮށް. ތާކިހާ އަޅަނީ ތަލަ ފޮރުވަން.


-7

ައަހުމަދު

06-Mar-2021

ތީ ސޭޚެއްވެސް ނޫން. އަމަޔަށް ވެސް ކަންތައްކުރަނީ އެހާ ނުލަފާކޮށް. ތާކިހާ އަޅަނީ ތަލަ ފޮރުވަން.


-7

ައަހުމަދު

06-Mar-2021

ތީ ސޭޚެއްވެސް ނޫން. އަމަޔަށް ވެސް ކަންތައްކުރަނީ އެހާ ނުލަފާކޮށް. ތާކިހާ އަޅަނީ ތަލަ ފޮރުވަން.


-9

ޝަރީ

06-Mar-2021

ވާހަކަ ދެއްކުމުގެ ރީތި އުސޫލް ދަސްނުކުރާ ޝެއިޚެއްބާ!



ޓްރެންޑިން