އިލެކްޝަންސްގެ ކޮމްޕްލަޔަންސް ބިއުރޯގެ ވެރިޔާ ޒާހިދު (ވ) އާއި ކުރީގެ ރައީސް ޔާމީން (ކ)
އިލެކްޝަންސްގެ ކޮމްޕްލަޔަންސް ބިއުރޯގެ ވެރިޔާ ޒާހިދު (ވ) އާއި ކުރީގެ ރައީސް ޔާމީން (ކ)
އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯގެ ވެރިޔާ މުހައްމަދު ޒާހިދު މިއަދު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

ޒާހިދު މަޤާމުން އިސްތިޢުފާ ދެއްވާފައިމިވަނީ އޭނާ އެ މަޤާމަށް ޢައްޔަނުކުރުމުން އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާޅުކުރަށްވަމުން ގެންދެވުމާއި ގުޅިގެންނެވެ. ޒާހިދަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޗްއާރުސީއެމްއަށް އައްޔަނުކޮށްފައި ވަނިކޮށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ދުރުކޮށްފައިވާ ބޭފުޅެކެވެ.

ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯގެ ވެރިޔާކަމަށް އައްޔަނު ކުރުމުން ރައްޔިތުންގެ މަޖިލީހުން ވަނީ އީސީގެ ރައީސް އަޙްމަދު ޝަރީފް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ޙާޟިރުކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ޝަރީފް ވަނީ މަޖިލީހުގެ ކަންބޮޑުވުންތަކަކީ އެންމެ ރަނގަޅު ކަންބޮޑުވުން ތަކެއް ނޫންކަމަށް ވިދާޅުވެ ޒާހިދުގެ މަސްއޫލިއްޔަތަކީ އެކަނި ކަންތައްތައް ނިންމޭނެ ދައުރެއް އޮތް މަސްއޫލިއްޔަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޒާހިދު މަޤާމުން އިސްތިއުފާ ދެއްވާފައި ވާއިރު އޭނާއާއެކު ކޮމްޕްލަޔަންސް ބިއުރޯގައި ފަސް ބޭފުޅުން ތިއްބަވައެވެ. އިލެކްޝަންސް ކޮމިޝަނުން ޒާހިދު އެ މަގާމަށް އައްޔަންކުރީ އެ މަގާމަށް މީހަކު ހޮވުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން